ކުއްޔަށް ހިފުން
ނަންބަރު: (IUL) GS118/2016/25
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 10 ޖުލައި 2016 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ.

20 ޖުލައި 2016 އިން ފެށިގެން 31 ޑިސެންބަރު 2016 އަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށްޓަކައި ގެއެއް ކުއްޔަށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 19 ވާ އަންގާރަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން ކުއްޔަށް ދެއްވާނެ އަގު އެނގޭނެހެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށައަޅުއްވާއިރު ގޯއްޗާއި ގޭގެ ފްލޯޗާޓު އަދި އިންވެންޓްރީ ލިސްޓު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީ ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

ކުއްޔަށް ދޫކުރާ ގޭގައި މިދަންނަވާ ފަސޭހަތައް ލިބެން ހުންނަންވާނެއެވެ.

  • ގޭގެ ދިއްލުންތަކާއި ފަންކާ އަދި ފެންނަގާ ޕަމްޕު ފަދަ އަސާސީ އިލެކްޓްރިކް ފިޓިންގްސްއާއި މިދެންނެވި ފަދަ އަސާސީ އެންމެހާތަކެތި.
  • ފެންނަގާވަޅާއި، ބޯފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން. އަދި ފެންވަރާ ފެނުގައި އެއްވެސް ބާވަތެއްގެ ތަޣައްޔަރުކަމެއް ހުރިނަމަ އެކަން ހުންނަންވާނީ ހައްލު ވެފައެވެ.
  • ދޮވެ އިސްތިރިކުރުމަށް ބޭނުންވާ ފަސޭހަތައް.
  • ހުސްވަގުތު އިށީނދެ ތިބުމަށާއި ލިޔެކިޔުމުގެ ކަންކަންތައްތައްކޮށް އުޅުމަށް ބޭނުންވާ ސާމާނު.
  • ދަތިނުވެ 2 މީހަކަށް ނިދައި އުޅެވޭނެ ފަރުނީޗަރާއި އެހެނިހެން ސާމާނު.
  • މަދުވެގެން 1 ކޮޓަރި އެއަރކޯން ކޮށްފައިހުރުން.
  • ސްކޫލާ ކައިރި އަދި ފަސޭހައިން، އިތުރު ބަޔަކާ އެއްނުވާގޮތަށް ވަދެނިކުމެވޭގޮތަށް ހުރުން.
  • ރަށުގެ ޢާންމު ދިރިއުޅުމުގައި ޢާންމުކޮށް މުނިފޫހިފިލުވުމަށް މިޒަމާނުގައި ބޭނުންކޮށްއުޅޭ ކޭބަލް ޓީ.ވީ ފަދަ ފަސޭހަތައް.

މިދެންނެވި ޚިދުމަތްތައް ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ އެއްވެސް އުޖޫރައެއްނެތި އެ ޚިދުމަތް ލިބެން ހުންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށް 6560570 / 6561807 ނަންބަރު ފޯނާއެވެ.                                                                  

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ރަމަޟާން 1437   

04 ޖުލައި 2016