ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)440-EDS/440/2016/23
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 10 ޖުލައި 2016 11:00
ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް

އިޢުލާން

ފުވައްމުލަކު ދިގުވާނޑު ކައުންސިލަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

  •  01 ބޮޑީ ފްރީޒަރ
  •  01 ރާޒުވާ ސެޓް

ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ (ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރައްވާފައިވާ) ފަރާތްތަކުން 10 ޖުލައި 2016 ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޖުލައި 2016 ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލުކުރެވޭނީ އެންމެ ފަރާތެކެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

29 ރަމަޟާން 1437

04 ޖުލައި 2016