މަސައްކަތް
ނަންބަރު: (IUL)56-CAS/1/2016/19
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 15:56
ސުންގަޑި: 14 ޖުލައި 2016 10:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ޓްރީޓްމަންޓް ދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކުތުބުޚާނާގައި ހުރި، ފޮތްތަކުގެ ހާލަތު ބަލައި، ފަންގަސް އަދި ކަތުރުފަނި ނައްތާލުމަށްޓަކައި ފޮތްތަކަށް ޓްރީޓްމަންޓް ދިނުމާއި، އިމާރާތުގެ އެއްވެސް ތަނަކުން ކަތުރުފަނީގެ އަސަރު ކޮށްފައިވާ ވޭތޯ ބަލައި، އެ ތަންތަނަށް ބޭނުންވާ ޓްރީޓްމަންޓް ދީ އެއް އަހަރުދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް މި ކުތުބުޚާނާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 11.00 އަށް ޤައުމީ ކުތުބުޚާނާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީ ކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )

މެދުޒިޔާރތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )

28 ރަމަޟާން 1437

03 ޖުލައި 2016