ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2016/102
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 14 ޖުލައި 2016 14:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

އިޢުލާން

މި މިނިސްޓްރީގެ ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން އެންޑް ޕްރޮމޯޝަން ޑިވިޜަންގެ ކޭސް މަސައްކަތްތައް ހަރުދަނާކުރުމަށް ކޮންސަލްޓަންޓަކު ބޭނުންވެއްޖެ:

މި މިނިސްޓްރީއާއި ޔުނިސެފްއާ ގުޅިގެން މި މިނިސްޓްރީގެ ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން އެންޑް ޕްރޮމޯޝަން ޑިވިޜަނުގައި މަސައްކަތްކުރާނެ ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ. ކޮންސަލްޓަންޓުގެ މައިގަނޑު މަސައްކަތްތަކާއި، ކޮންސަލްޓަންޓުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރާއި މަސައްކަތުގެ މުއްދަތާއި އުޖޫރަ މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީއޯއާރ) ގައި ބަޔާންކުރެވިފައިވާނެއެވެ. މި ޓަރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ http://mlg.gov.mv/di ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތައް، 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ފޮނުވުން އެދެމެވެ.

23 ރަމަޟާން 1437

29 ޖޫން 2016