ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.
އޮފީސް: |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ފިޔަވަތި، ހުޅުމާލެ) |
||
މަޤާމް: |
ވޮޗަރު |
||
ބޭނުންވާ އަދަދު |
2 (ދޭއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ރޭންކް:SS1 |
މުސާރަ (އުޖޫރައާއެކު): |
މަހަކު -/6460 ރުފިޔާ |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ފިޔަވަތި، ހުޅުމާލެ ކުޑަކުދިންގެ ހިޔާ (ޝިފްޓް އުޞޫލުން) |
||
ތަޢުލީމާއި ތަޖުރިބާ: |
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ފިޔަވަތީގައި ގެންގުޅޭ ކުދިން ހިޔާއިން ނުކުމޭތޯ ބަލައި، އެކުދިން ނުކުތަނުދީ ބެލެހެއްޓުން. 2. ފިޔަވައްޗަށް އެކި ބޭނުމުގައި އަންނަ މީހުންނަށް ކުދިން އުޅޭ ފްލޯތަކަށް، ވެރިއެއްގެ ހުއްދަ ނެތި ދިޔަނުދީ ބެލެހެއްޓުން. 3. އެކި ބޭނުންތަކުގައި އަންނަ މީހުންނާއި ކުދިންނާ ރީތިބަހުން މުޢާމަލާތްކުރުމާއި، އެމީހުން އައި ބޭނުމެއް، އެވަގުތުގައި ހުރި އިސް ވެރިއަކަށް ދެންނެވުން. 4. އިމާރާތުގެ އެތެރެއާއި އިމުގެ ސަރަހައްދު ދުވާލާއި ރޭގަނޑުގެ ޑިއުޓީގައިވެސް ބެލެހެއްޓުން. 5. މީގެ އިތުރުންވެސް، އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި، ކުޑަކުދިންގެ ހިޔާ (ވިލިނގިލި) އަދި ފިޔަވަތި (ހުޅުމާލެ) އިން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://mlg.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިއުންތައް. 6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް. |
||
ސުންގަޑި: |
2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުއްވާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ވިލިގިނގި ކުޑަކުދިންގެ ހިޔާ (ރައިވެރިބޭ މަގު) ނުވަތަ ހުޅުމާލެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" (ކަނީރުމަގު) އަށް. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
- މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު ކުރުން އޮންނާނީ، 2016 ޖުލައި މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. - ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ. |
||
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން: |
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތަކާއި ޝިފްޓް އުޞޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް. - ވޮޗަރެއްގެގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތްތައް. - މަޑުމައިތިރިކަމާއެކު މުޢާމަލާތުކުރެވޭ ފަރާތްތައް. - މި ވަޒީފާތަކަށް މީހުން ހޮވުމުގައި 25 އަހަރާއި 50 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތްތައް. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027523 ނަންބަރު ފޯނަށް ނުވަތަ 3027524 ނަންބަރު ފޯނަށެވެ. |
||
23 ރަމަޟާން 1437 |