މަސައްކަތް
ނަންބަރު: TCL/PROC-TA/2016/022
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 10 ޖުލައި 2016 14:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ފުޅަނދެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން މާލޭގެ މަގުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޅަނދުބުރަށް މި ކޯޕަރޭޝަނުންވެސް ފުޅަނދެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ތައްޔާރުކޮށްފައިވާ ފުޅަނދުގެ ގަވާއިދާ އެއްގޮތަށް މި ފުޅަނދު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ޓީސީއެލް ހެޑް އޮފީސް

އާދީއްތަ

10 ޖުލައި 2016

14:00 ގައި

ޕްރޮޕޯސަލް ހުށަހެޅުން

ޓީސީއެލް ހެޑް އޮފީސް

ބުދަ

13 ޖުލައި 2016

10:30 ގައި

  • ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލެވެ.
  • ހުށަހަޅައިފައިވާ ޕްރޮޕޯސަލް ބާޠިލުވާ މުއްދަތު މަދުވެގެން 15 (ފަނަރަ) ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ޕްރޮޕޯސަލްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުގައެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

28 ރަމަޟާން 1437

30 ޖޫން 2016