ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީއާއި، މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.
އޮފީސް: |
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ފިޔަވަތި، ހުޅުމާލެ) |
||
މަޤާމް: |
ކައްކާ |
||
ބޭނުންވާ އަދަދު: |
2 (ދޭއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ރޭންކް:SS1 |
މުސާރައާއި އުޖޫރައާއެކު |
މަހަކު -/5750 ރުފިޔާ |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ފިޔަވަތި، ހުޅުމާލެ ކުޑަކުދިންގެ ހިޔާ (ޝިފްޓް އުޞޫލުން) |
||
ތަޢުލީމާއި ތަޖުރިބާ: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ފިޔަވަތީގައި ތިބޭ ކުދިންނަށް ކައްކާ ކާންހެދުން. 2. ފިޔަވަތީގައި ތިބޭ ކުދިންނަށް ކާންބޯންދިނުމަށް ހޯދާ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން. 3. ބަދިގެތެރޭގައި ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި، އައިސްއަލަމާރި، އުނދުންފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން. 4. ކޮންމެ ދުވަހެއްގައިވެސް އެދުވަހުގެ މެނޫ ޝީޓްގައިވާ ގޮތުގެ މަތިން ގަޑިންގަޑިއަށް ކައްކާ ކާންހަދައި، ކާންދިނުމުގެ ކަންތައް ބެލެހެއްޓުން. 5. މީގެ އިތުރުންވެސް، އޮފީހުން ކަނޑަޅާ ގޮތެއްގެ މަތިން ރަސްމީ އެންމެހައި މަސައްކަތެއް ކުރުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި، ކުޑަކުދިންގެ ހިޔާ (ވިލިނގިލި) އަދި ފިޔަވަތި (ހުޅުމާލެ) އިން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://mlg.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިއުންތައް. 6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް. |
||
ސުންގަޑި: |
2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ވިލިގިނގި ކުޑަކުދިންގެ ހިޔާ (ރައިވެރިބޭ މަގު) ނުވަތަ ހުޅުމާލެ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" (ކަނީރުމަގު) އަށް. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
- މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު ކުރުން އޮންނާނީ، 2016 ޖުލައި މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. - ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ. |
||
މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން: |
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތަކާއި، ޝިފްޓް އުޞޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް. - ކެއްކުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް. - މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027523 ނަންބަރު ފޯނަށް ނުވަތަ 3027524 ނަންބަރު ފޯނަށެވެ. |
||
23 ރަމަޟާން 1437 |