ކުއްޔަށް ދިނުން
ނަންބަރު: (IUL)417-CA/417/2016/51
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 21 ޖުލައި 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ މަސައްކަތްކުރުމަށް ހަދާފައިވާ ހަރުގެ ކުއްޔަށް ދޫކުރުން

އިޢުލާން

މި ރަށުގައި ފައިބަރ މަސައްކަތްކުރުމަށް ހަދާފައިވާ ހަރުގެ ކުއްޔަށް ދޫކުރުން

މިރަށުގައި ފައިބަރު މަސައްކަތް ކުރުމަށް ހަދާފައިވާ ހަރުގެ އަދި ހަރުގެ ހިމެނޭ ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ތަން ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި ހަރުގެއާއި ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2016 ޖުލައި 21ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމު މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 04 އިން ފެށިގެން 2016 ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބިން ކުއްޔަށް ހިފުމާބެހޭ މަޢުލޫމާތުޝީޓު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މިދަންނަވާ ބިމެވެ.

  1. ބިމުގެ ނަންބަރު 40.6، 7500 އަކަފޫޓު

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ކޯޕަރޭޓިވް/ލޯކަލްއިންވެސްޓްމެންޓުގެ ފަރާތުންނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖަހާފައިވާ، ކުންފުނި/ކޯޕަރޭޓިވް/ލޯކަލްއިންވެސްޓްމެންޓުގެ ލިޔުމެއް އަދި ކުންފުނި/ކޯޕަރޭޓިވް/ލޯކަލްއިންވެސްޓްމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުން ބަދަލުގައި މީހަކު ފޮނުއްވައިގެން ހުށަހަޅާނަމަ ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމު ހިއްޕަވައިގެން ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. އަދި ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ރަމަޟާން 1437

29 ޖޫން 2016