ކުއްޔަށް ދިނުން
ނަންބަރު: (IUL)417-CA/417/2016/52
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 24 ޖުލައި 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލީ ބިން ދޫކުރުން

އިޢުލާން

ކުލީ ބިން ދޫކުރުން

މިރަށުގައި ކެފޭ/ރެސްޓޯރެންޓުގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ޢިމާރާތާއި އަދި އިމާރާތް ހިމެނޭ ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި އިމާރާތާއި ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމު މި ކައުންސިލުގެ އިދާރާގެ ކައުންޓަރުން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ) އެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 04 ވާ ހޯމަ ދުވަހުން ފެށިގެން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބިން ކުއްޔަށް ހިފުމާބެހޭ މަޢުލޫމާތުޝީޓު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ މި އިޢުލާނާއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މިދަންނަވާ ބިމެވެ.

  1. ބިމުގެ ނަންބަރު 45، 2000 އަކަފޫޓު

ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލް އިންވެސްޓްމެންޓުގެ ފަރާތުންނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި/ކޯޕަރޭޓިވް/ލޯކަލްއިންވެސްޓްމެންޓުގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލްއިންވެސްޓްމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަފަރުދުން ބަދަލުގައި މީހަކު ފޮނުއްވައިގެން ހުށަހަޅާނަމަ ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމު ހިފައިގެން ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ރަމަޟާން 1437

29 ޖޫން 2016