ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)434-A/1/2016/41
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 12 ޖުލައި 2016 13:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ފަރުނީޗަރު ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އޭޖެންސީއަށް ބޭނުންވާ ބައެއް ފަރުނީޗަރު ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/32 (05 ޖޫން 2016) އިޢުލާނަށް އެދެވިގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

12 ޖުލައި 2016

އަންގާރަ

13:00

އަންދާސީހިސާބު ހުށަހެޅުއްވުން

17 ޖުލައި 2016

އާދީއްތަ

13:00

24 ރަމަޟާން 1437

29 ޖޫން 2016