ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2016/170
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 18 ޖުލައި 2016 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރ

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

"އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު

އެސިސްޓެންޓް ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވޯރލްޑް ބޭންކުގެ ބެލުމުގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ އެސިސްޓެންޓް ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ފައިނޭންޝަލް މެނޭޖްމަންޓް އޮފިސަރުގެ މައިގަނޑު މަސައްކަތަކީ މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހިންގާ މަޝްރޫޢުތަކުގެ މާލީ ހިސާބުތައް ވޯރްލްޑު ބޭންކުގެ ފިޑިއުޝަރީ ގަވާއިދުތަކާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:

- ފައިނޭންސް/ އެކައުންޓިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޓާޝަރީ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވުން؛

- ގުޅޭދާއިރާއަކުން ޓްރެއިނިންގ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

- ގުޅުން ހުރި ދާއިރާއެއްގައި ނުވަތަ ޑޯނަރ ފަންޑަޑް ޕްރޮޖެކްޓެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

- ޑޯނަރ ފަންޑަޑް ފްރޮޖެކްޓް ތަކުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

- މައިކްރޮސޮފްޓް ވޯރޑް ޕްރޮސެސަރ، ސްޕްރެޑް ޝީޓް އަދި ފައިނޭންޝަލް މެނޭޖްމަންޓް އެޕްލިކޭޝަން ބޭނުންކުރަން އެނގުން؛

- ކްއިކް ބްކްސް ސޮފްޓްވެޔަރ ބޭނުންކުރަން އެނގޭ ފަރާތްތަކަށް އަހަންމިއްޔަތުކަން ދެވޭނެއެވެ.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމާއި، ނަތީޖާ ހާސިލުކުރެވޭ ފަދަ ޤާބިލުކަންހުރި ފަރާތަކަށް ވާންވާނެއެވެ.

- އިނގިރޭސިބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތުކޮށް ލިޔެކިޔުން ތައްޔާރުކުރަން އެނގުން؛

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު ޕްރޮޖެކްޓުގެ ރަށްތަކަށް ދަތުރުކުރެވޭނެ ފަރާތަކަށް ވާންޖެހޭނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށްޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުސޫލުތައް: ޖަނަވަރީ 2011 އާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ފެންވަރާއި ތަޖުރިބާއަށް ބިނާކޮށް މި މަސައްކަތަށް މަހަކު -/15,000 ރުފިޔާއާއި -/20,000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ކަނޑައެޅޭނެއެވެ. މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއިކުރެވޭނީ 24 (ސައުވީސް) މަސްދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 18 ވާ ހޯމަދުވަހުގެ 14:00ގެ ނިޔަލަށް، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް"، މަތީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ކަނޑައެޅިފައިވަނީ ޖުލައި 2016 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018415 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

30 ޖޫން 2016