މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2016/40
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 12 ޖުލައި 2016 11:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ

2017 ވަނަ އަހަރު މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކުގައި ބޭނުންކުރާ "މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް އަދި ސެގްމަންޓް ބްރޮޝާސް" ޑިޒައިންކޮށްދީ އަދި ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)MMPRC-HAS/1/2016/38 އިޢުލާނާ ގުޅިގެން، އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ވެލާނާގެ، 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

28 ރަމަޟާން 1437
 
30 ޖޫން 2016