ދިވެހިރާއްޖެ
އިޢުލާން
ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއްޖެ
ޓިވެޓް އޮތޯރިޓީން ހިންގާ ނާސިންގކޯސް ލެވެލް 4 އަދި 5 ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދެވޭނެ ފަރާތްތަކުން 2016 ޖުލައި 05 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ފޮނުވުން އެދެމެވެ. މި މަސައްކަތާގުޅޭ ޓީ.އޯ.އާރު ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރަށް ދުރުވުމުން ޓީ.އޯ.އާރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.
ކުރަންޖެހޭ މަސައްކަތް
ޓްރެއިނިންގތައް ރާވައި ހިންގުން، ކުދިންނަށާއި ފެސިލިޓޭޓަރުންނަށް ބޭނުންވާ ތަމްރީމްދިނުން، އޮންލައިންކޮށް ތަމްރީމްތައް ފޯރުކޮށްދިނުން، ކޯހާގުޅޭ އަހަރީ ރިޕޯޓު ތައްޔާރުކުރުމާއި ކޯހުގެ ޑާޓާތައް ބެލެހެއްޓުން، އެސައިންމެންޓްތައް މާކުކުރުމުގައި އެހީތެރިވެދިނުން، ކުދިން ކުރިއަރަމުންދާ މިންވަރު ވަޒަންކުރުން.
ފެންވަރު ނުވަތަ ޝަރުޠު
ބެޗްލަރސް ޑިގްރީ އިން ނާސިންގއަށްވުރެ މަތީ ސަނަދެއް އޮތުން
ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން (އޮންލައިންކޮށް ކިޔަވައިދިނުމާއެކު)
މުސާރައާއި އެލަވަންސް
މުސާރައާއި ޢިނާޔަތްތައް މަހަކު -/22,000 ރުފިޔާ
ހުށަހަޅަންޖެހޭ ލިޔުންތައް
1- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
2- ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
4- ސީވީ
ކޮންސަލްޓަންޓް ހޮވުމުގައި ބަލާނޭ ކަންކަން
ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ
ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި ކުރެވޭ އިންޓަވިއު
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403