ޢާންމު މަޢުލޫމާތު
ނަންބަރު: ADMINHR-MPL/2016/70
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 11 ޖުލައި 2016 13:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުންފުނީގެ މައި ޢިމާރާތުގެ 8 ވަނަ ފަންގިފިލާގައި ދަގަނޑު ހޮޅިން ފްރޭމް ހަދައި ހިޔާކުރަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކުންފުނީގެ މައި ޢިމާރާތުގެ 8 ވަނަ ފަންގިފިލާގައި ދަގަނޑު ހޮޅިން ފްރޭމް ހަދައި ހިޔާކުރަން ބޭނުންވެއެވެ.

ވީމާ މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 5 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 11 ހޯމަ ދުވަހުގެ 13:00 އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ.

މި ކުންފުނީގެ އިޢުލާން ނަންބަރު: ADMHR-MPL/2016/60 ( 08 ޖޫން 2016 ) އާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

25 ރަމަޟާން 1437

30 ޖޫން 2016