ދިވެހިރާއްޖެ
އިޢުލާން
މަޤާމު: ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު: 01
ރޭންކް: އީ.އެކްސް 5
ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް
މުސާރަ: -/13890 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިއުމަން ރިސޯސް ޑިވިޜަންގެ މަސްއޫލިއްޔަތުތައް ޑިވިޝަން ނުވަތަ ޔުނިޓް ލެވަލަށް ބައްސަވައި ޑިވިޜަންގެ މެންޑޭޓްގައި ހިމެނޭ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް ޑިވިޜަންގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެމުންދާކަން ޔަޤީންކުރުން. އަދި ޑިވިޝަނުގެ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާލުކުރެވިފައިވާގޮތް ރިވިއުކޮށް ޕާމަނަންޓް ސެކްރެޓަރީގެ ލަފަޔާއެކު ގެންނަންޖެހޭ އިޞްލާޙު ގެނައުން
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްޝަންތަކާއި ދާއިރާގެ އެކިއެކި މަޤާމުތަކަށް އައްޔަން ކުރަންޖެހޭ މަޤާމުތަކުގެ ލިސްޓު ރިވިއުކޮށް ޕާމަނަންޓް ސެކްރެޓަރީގެ އިރުޝާދުގެ ދަށުން އެ މަޤާމަތަކަށް މީހުން އައްޔަންކުރުން. ޚާއްޞަކޮށް ރާއްޖެއިން ބޭރުން ހޯދަންޖެހޭ ޓީޗަރުން ފަދަ މަޤާމުތަކަށް ހިނގާ އަހަރު ނިމުމުގެ ކުރިން، ކުރިއަށް އޮތް އަހަރަށް ބޭނުންވާ މަޤާތަކަށް މުވައްޒަފުން ހަމަޖައްސައި އަލަށް ހަމަޖެހުނު މުވައްޒަފުންގެ ލިސްޓް ސްކޫލްތަކަށް ފޮނުވުން.
- ކޮންމެ އަހަރެއްގެ ވެސް މާރިޗުމަސް ނިމުމުގެ ކުރިން ދާއިރާގެ އެކިއެކި މަޤާމުތަކުގައި ތިބި މުވައްޒަފުންނަށް އިތުރަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު އޮޅުންފިލުވައި ރިޕޯޓެއް ތައްޔާރުކޮށް ޕާމަނަންޓް ސެކްރެޓަރީގެ މަޝްވަރާގެ ދަށުން އެ މުވައްޒަފުންނަށް ތަމްރީނު ދެވޭނެގޮތް ހަމަޖެއްސުން.
- ދާއިރާގެ މުވައްޒަފުންގެ ތެރެއިން ޕެއިޑް ލީވްގެ ގޮތުގައާއި ލޯނު ސްކީމުގެ ދަށުންނާއި އަދި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކުދިންގެ ލިސްޓު ކޮންމެ ތިންމަހަކުން އަޕްޑޭޓްކޮށް، ކޯސް ނިމެން ތިންމަހަށް ވެފައިވާ ކުދިން ދަނެގަނެ އެ ކުދިން ވަޒީފާއަށް ނުކުންނާނެ ތާރީޚު ޔަޤީންކޮށް، އެކުދިން ވަޒީފާއަށް ނުކުންނަން ހަމަޖެހިފައިވާ ތަނަކަށް އެންގުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެކްޝަންތަކާއި ޑިޕާޓްމަންޓްތަކާއި މަރުކަޒުތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިޔުމާއި އަދި މުވައްޒަފުންގެ ފެންވަރު ބެލުމުގެ ރިޕޯޓްތައް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވައި ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާކަން ޔަޤީންކުރުން.
- ވަޒީފާ ދެއްވާ ޗިޓްތަކާއި ވަޒީފާއިން ވަކިކުރާ ޗިޓްތައް އަދި މުވައްޒަފުންގެ ރެކޯޑުތައް ބަރާބަރަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި އެ ރެކޯޑުތައް ބެލެހެއްޓެމުންދާކަން ކަށަވަރުކުރުން.
- އަލަށް އަންނަ ބިދޭސީ މުވައްޒަފުން އެއަރޕޯޓުން ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި އަލަށް އަންނަ އަދި ފުރާ ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ އެކޮމަޑޭޝަން އެންމެ ޚަރަދު ކުޑަގޮތަކަށް (އެކޮމަޑޭޝަނުގައި ތިބެންޖެހޭ މުއްދަތު އެންމެކުރު ވާނެހެން)، ހަމަޖައްސައި ރިކޯޑު ބެލެހެއްޓެމުންދާކަން ޔަޤީންކުރުން.
- ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހުށަހެޅޭ ވަޒީފާއާގުޅޭ މައްސަލަތަކަށް ކޮމިޓީން ނިންމާ ނިންމުމާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވަޒީފާއާބެހޭ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް، ވީހާވެސް ޚަރަދު ކުޑަ، ލުއި ފަސޭހަގޮތަކަށް، އަވަސް ޚިދުމަތްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުސޫލުތައް އެކުލަވާލައި، ޢަމަލުކުރަމުން ގެންދިޔުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ހިޔުމަން ރިސޯސް ޑިވިޜަންގެ މުވައްޒަފުންނާބެހޭ އެންމެހާ ކަންކަން، ކަމާގުޅޭ ޤާނޫނުތަކާއި، ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކާ އެއްގޮތަށް ޕާމަނަންޓް ސެކްރެޓަރީގެ ލަފަޔާއެކު ހިންގުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ހިޔުމަން ރިސޯސް ޑިވިޜަންގައި ބޭނުންކުރާ މުދަލާއި ފައިސާއާއި އެނޫންވެސް ވަސީލަތްތައް ބޭނުން ކުރެވެމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކޮށް، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް ޑިވިޜަންގެ އެންމެހާ ކަންކަން ތަރައްޤީކުރުމަށް މަސައްކަތްކުރުމާއެކު ކުރިއަށް ދިޔުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަށް ރިސޯސް ޑިވިޜަންގެ މަސައްކަތާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ އެންމެހައި ފަރާތްތަކަށް ޖަވާބުދާރީވުން.
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް ޑިވިޜަންގެ އަހަރު ރިޕޯޓް ކޮންމެ އަހަރެއް ނިމުމުން ތައްޔާރުކުރަން ހަމަޖެހިފައި އޮންނަ އުސޫލާއެއްގޮތަށް ތައްޔާރުކޮށް، ހުށަހަޅަން ކަނޑައެޅިފައިވާ ފަރާތަކަށް ހުށަހެޅުން.
ޝަރުޠު:
1. ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3. ހިޔުމަން ރިސޯސް މެނޭޖްމަންޓް/ ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަރވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 13 ޖުލައި 2016- 30 ޖުލައި 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ބ- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސް މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެ.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއި އީ.މެލް އެޑްރެހާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 ޖުލައި 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 ފޯނަށް ގުޅުއްވުން އެދެމެވެ.
24 ރަމަޟާން 1437