ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/102
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 14 ޖުލައި 2016 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ސޮފްޓްވެއަރ ޑިވެލޮޕަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ޢާއިލީ ޑޮކްޓަރުންގެ ޚިދުމަތްތައް ފެށުމުގެގޮތުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ސްފޮޓްވެއަރގެ މަސައްކަތްކުރުމަށްޓަކައި ސްފޮޓްވެއަރ ޑިވެލޮޕަރގެ މަޤާމަށް މީހުން ހޯދުމަށް 29 މޭ 2016 ގައި މިހޮސްޕިޓަލުން ކޮށްފައިވާ 137-HR/IU/2016/92  ނަންބަރުގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/15000 ރުފިޔާއާއި -/8000 ރުފިޔާއާ ދެމެދު

(މި މަޤާމުގެ މުސާރަ ކަނޑައަޅަނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހުގައެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޕީ.އެޗް.ޕީ އިން ޕްރޮގްރާމް ލިޔުން

ތަޢުލީމާއި ތަޖުރިބާ:

 

  • ޑިޕްލޮމާއިން ސޮފްޓްވެއަރ އިންޖިނިއަރިންގ/ ކޮމްޕިއުޓަރ ސައިންސް ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 3 މާއްދާއިން "ސީ" އަށް ވުރެ މަތިން  ފާސްވެފައިވުމާއެކު 2 އަހަރުދުވަހުގެ ޕްރޮގްރާމިންގ ތަޖުރިބާ ހުރުން.
  • އަދި މި ހޮސްޕިޓަލުން ދޭ ޕްރެކްޓިކަލް ޓެސްޓުން ފާސްވުން.

ކޮންޓްރެކްޓުގެ މުއްދަތު:

މީލާދީ 1 (އެކެއް) އަހަރުދުވަސް

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ސޮފްޓްވެއަރ އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

 

 

 

 

 

  1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓުގެ ކޮޕީ)
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.
  6. ސެޓުފިކެޓު ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓާއި ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯން ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ފޯމް ބަލައިގަތުމާއި ދޫކުރުން:

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 13:00 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ތަކެތި ހުށަހަޅާނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާގައިވާ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ. އަދި 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3335234 އެވެ. ނުވަތަ 3335343 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަރވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

24 ރަމަޟާން 1437

29 ޖޫން 2016