ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/101
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 14 ޖުލައި 2016 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގެ ތިރީގައި މިވާ މަޤާމުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނޭ ފަރާތެއް ބޭނުންވެއެވެ. މިމަޤާމަށް ބޭނުންވަނީ މި މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު ފަރާތެކެވެ.

މަޤާމު:

ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/8000 ރުފިޔާ

އެލަވަންސް:

މަހަކު -/2000 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު -/2800 ރުފިޔާ

ތަޢުލީމާއި ތަޖުރިބާ:

 

  • ބިޒިނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 5 (ޑިޕްލޮމާ) އެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ބިޒިނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 7 (ޑިގްރީ) އެއް ހާސިލުކޮށްފައިވުމާއެކު، 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

ކޮންޓްރެކްޓުގެ މުއްދަތު:

މީލާދީ 1 (އެކެއް) އަހަރުދުވަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހައުސިންގ ޕްރޮޖެކްޓުގެ މަސައްކަތްތައް
  • އައި.ސީ.ޔޫ.ގެ އެކްސްޓެންޝަންގެ މަސައްކަތް
  • އީ.އާރު.ގެ މަސައްކަތް
  • އޮޕަރޭޝަން ތިއޭޓަރުގެ އެކްސްޓެންޝަންގެ މަސައްކަތް
  • އަލަށް ހެދުމަށް ހަމަޖެހިފައިވާ 25 ބުރީގެ މަސައްކަތްތައް

މި ޕްރޮޖެކްޓްތަކާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއެކު ކޯޑިނޭޓްކޮށް ޕްރޮޖެކްޓުގެ މުދާ ގެނައުމާއި، ބޭނުންކުރެވޭނެ ނިޒާމު ބެލެހެއްޓުމާއި، ޕްރޮޖެކްޓަށް ނެގޭ މީހުންގެ ކަންތައްތައް ކޯޑިނޭޓްކުރުމާއި، ޕްރޮޖެކްޓުގެ އެންމެހާ ކަންތައް ރާވައި ހިންގައި ބެލެހެއްޓުން.

މި މަޤާމަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

 

ޕްރޮޖެކްޓްތައް ރާވައި ހިންގުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވާ މިންވަރު.

ސުޕަވައިޒްކުރުމުގެ ހުނަރު.

ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ހުނަރު.

މުޢާމަލާތްކުރުމުގެ ހުނަރު.

ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތަށް ޤާބިލުކަންހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

  1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓުގެ ކޮޕީ)
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.
  6. ސެޓުފިކެޓު ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓާއި ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯން ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ފޯމު ދޫކުރުމައި ބަލައިގަތުން:

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 13:00 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ތަކެތި ހުށަހަޅާނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާގައިވާ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ. އަދި 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3335234 އެވެ. ނުވަތަ 3335343 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަރވިއު އޮންނާނީ، 2016ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

24 ރަމަޟާން 1437

29 ޖޫން 2016