މަސައްކަތް
ނަންބަރު: (IUL)438-PPS/1/2016/109
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 17:38
ސުންގަޑި: 14 ޖުލައި 2016 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ބ. ކެންދޫ ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ބ. ކެންދޫ ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަޝްރޫޢުއާ ގުޅޭ ބީލަން ފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv ން ޑައުންލޯޑްކުރެވޭނެއެވެ.                  

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ

 ވޭސްޓް މެނޭޖުމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ބ. ކެންދޫ ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމާއި ބެހޭ އިޢުލާން ނަންބަރު: IUL)438-PPS/1/2016/109)  

ޕްރީ ބިޑް ބައްދަލުވުން

މި މަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެކަން ދަންނަވަމެވެ.  

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި އަންދާސީހިސާބު ބަންދުކުރުމަށްފަހު، 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  [email protected]

30 ޖޫން 2016