ތަމްރީނު
ނަންބަރު: 171-HRD/IUL/2016/52
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 21 ޖުލައި 2016 16:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު

ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު

ކޯހުގެ ނަން: ޖިމް އިންސްޓްރަކްޓަރ ކޯސް 04

ޖާގައިގެ އަދަދު: 07 ޖާގަ

ކޯސް ހިންގާ ފަރާތާއި ޤައުމު: ޕޮލިސް އެކަޑަމީ / މޯލްޑިވްސް ޕޮލިސް ސަރވިސް /  ދިވެހިރާއްޖެ

ކޯހުގެ މުއްދަތު: 04 ހަފުތާ

ކޯސް ހިންގޭ ތަން: އައްޑޫ ސިޓީ

ކޯސް ފެށޭ ތާރީޚު: 2016 އޮގަސްޓް 22

ޝަރުޠު: 

- އަސާސީ ތަޢުލީމު (ގްރޭޑް 07) ފުރިހަމަ ކޮށްފައިވާ ފަރާތެއްކަމުގައިވުން.

- 16 އަހަރުން މަތީގެ ފަރާތެއްކަމުގައިވުން. 

އިތުރު މަޢުލޫމާތު: 

- މި ކޯހަށް މީހުން ހޮވުމުގައި ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ އަދި މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

- ދަތުރުކުރުމުގެ ޚަރަދު ހަމަޖައްސާނީ ކޯހަށް ހޮވޭ ބައިވެރިން އަމިއްލަ އަށެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ކޯހަށް އެދި ހުށަހަޅާ ސިޓީ

- ކޯހަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ނެގިތާ 3 މަސްދުވަސް ހަމަނުވާ ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ
 
ސުންގަޑި: 
މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއިއެކު، 2016 ޖުލައި 21 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގެ ރިސެޕްޝަނަށް ހުށަހެޅުމަށް ދެންވީމެވެ. އަދި އަތޮޅުތެރޭގައި ހުރި މީހެއްނަމަ އެ މީހަކު ހުރި ރަށެއްގެ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް ހުށަހެޅުމަށް ދަންނަވަމެވެ.

23 ރަމަޟާން 1437

29 ޖޫން 2016