|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
|
މަޤާމު
|
ޑިރެކްޓަރ
|
|
މަޤާމުގެ ރޭންކް:
|
އީ. އެކްސް 1
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
|
މުސާރަ:
|
-/8,835 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
-/2,000 ރުފިޔާ
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
3,092/25 ރުފިޔާ
|
|
އިތުރުގަޑީގެ ފައިސާ:
|
އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
|
|
ވަޒިފާ އަދާކުރަންޖެހޭ އޮފީސް،ސެކްޝަން، ރަށް:
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ޕަރމަނަންޓް ސެކްރެޓަރީ ޔުނިޓް
|
|
ބޭނުންވާ އަދަދު
|
01 ( އެކެއް )
|
|
ޝަރުޠު
|
-
ޕްރޮޖެކްޓް މެނޭޖުމަންޓް ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
-
ޕްރޮޖެކްޓް މެނޭޖުމަންޓް ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
-
ޕްރޮޖެކްޓް މެނޭޖުމަންޓް ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
-
މިނިސްޓްރީ ގެ ދަށުން ހިނގާ އޮފީސްތަކާއި މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުގެ ވަރކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
-
ވަރކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ ރިވިއުކޮށް ޕަރފޯމަންސް ރިވިއު ހެދުން.
-
މިނިސްޓްރީއަށް ލިބޭ ލިޔެކިޔުންތަކަށް ޖަވާބު ދެވޭތޯ ކަށަވަރުކޮށް ޕޮލިސީ ލެވެލްއަށް ބޭނުންވާ އަޕްޑޭޓްސް ތައްޔާރުކުރުން.
-
މިނިސްޓްރީގެ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި އޮޓަމޭޓް ކުރެވޭނެގޮތްތައް ހޯދައި، އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން މެދުވެރިކޮށް އެމަސައްކަތް ކުރުން.
-
މިނިސްޓްރީން ހިންގާ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުމަށް މޮނިޓަރިންގ ފްރޭމްވަރކެއް ތައްޔާރުކޮށް ޕޮލިސީ ލެވެލަށް ބޭނުންވާ އަޕްޑޭޓްސް ލިބޭނެ އިންތިޒާމު ހަމަޖައްސައި ބެލެހެއްޓުން.
-
ޖުމުލަ ގޮތެއްގައި، މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކާއި މިނިސްޓްރީގެ ޑިޕާޓްމަންޓްތައް ހިނގަނީ ޤާނޫނާއި ގަވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލެމަށް ކުރަންޖެހޭ މަސައްކަތްތައް ޕަރމަނަޓް ސެކެރެޓަރީގެ ލަފަޔާއި އިރުޝާދުގެ ދަށުން ވިލަރެސްކޮށް ހިންގައި ބެލެހެއްޓުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
-
ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ދާއިރާއިން ތަޖުރިބާ.
-
ފައިނޭންޝިއަލް އަދި މެނޭޖުމަންޓް އޮޑިޓްގެ ތަޖުރިބާ.
-
މެނޭޖުމަންޓް ދާއިރާގެ ތަޖުރިބާ.
-
ދިވެހި އަދި އިނގިރޭސި ބަހުގެ ހަމަތަކާއި ގަވާއިދުތައް އެނގޭ މިންވަރު.
-
މިހުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
-
އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހްލުވެރިވެފައިވާ މިންވަރު.
-
ރާއްޖޭގެ ޤާނޫނުތަކާއި، ގަވާއިދުތަކަށް އަހްލުވެރިވެފައިވުން.
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
-
ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
-
ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
-
ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
-
ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
-
މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
-
ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
-
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
-
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.
-
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
|
ސުންގަޑި:
|
2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
|
|
އިންޓަރވިއު:
|
އިންޓަރވިއުއާއި އިމްތިޙާން ކުރުން 13 ޖުލައި 2016 އާއި 24 ޖުލައި 2016 އާ ދެމެދުގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
|
21 ރަމަޟާން 1437
|