ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/138
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 11 ޖުލައި 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ ގްރޭޑް 3

މަޤާމް :އެސިސްޓެންޓް އޮފިސަރ ގްރޭޑް 3
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓެންޓް އޮފިސަރ ގްރޭޑް 3

މުސާރަ  އާއި އެލަވަންސް:

މަހަކު -/7500 ރުފިޔާ

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ފައިނޭންސް

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނު 2 ( ދޭއް ) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 4 ( ހަތަރު ) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 ( އެކެއް ) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު 2 ( ދޭއް ) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 2 ( ދޭއް ) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން .

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުންޏަށް ލިބޭ އާމްދަނީ ފައިސާ ގަވާއިދުން ބަލައިގަތުން.
  • ދުވަހުން ދުވަހަށް ލިބޭ ފައިސާ ޖަމާކުރުން.
  • ކޮންމެ ދުވަހަކު ލިބޭ ފައިސާގެ ދުވަހު ހިސާބު ތަފުސީލު ޝީޓު އަޕްޑޭޓް ކުރަމުން ގެންދިއުން.
  • ކޮންމެ މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެ މަހެއްގައި ލިބުނު އާމްދަނީގެ ތަފުސީލު އެކައުންޓްސް ޔުނިޓަށް ދިނުން.
  • ކްރެޑިޓަށް ދެވޭ ޚިދުމަތްތަކަށް ބިލު ހަދަން ޖެހިއްޖެ ހާލަތެއްގައި ބިލު ހަދައި ހަވާލުކުރުން.
  • މަސައްކަތާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ނިމުމުން ލިޔެކިއުންތައް ފައިލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާ ވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާއެއްގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ޕާސްޕޯޓް ސައިޒު ފޮޓޯއެއް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2016 ޖުލައި 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

23 ރަމަޟާން 1437

28 ޖޫން 2016