ދިވެހިރާއްޖެ
އިޢުލާން
މި އިންސްޓިޓިއުޓުން ބޭއްވުމަށް ހަމަޖެހިފައިވާ ކީ ސްޓޭޖް 3 ގެ މާއްދާތަކުގެ ޓްރެއިނންގ ވޯރކްޝޮޕަށް ބޭނުންވާ ޑޮކިއުމަންޓްތައް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 2 ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 ޖުލައި 04 ވަނަ ދުވަހުގެ 11:00 އަށް |
2016 ޖުލައި 10 ވަނަ ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323242/3012369 ނަންބަރު ފޯނާއެވެ.
24 ރަމަޟާން 1437