ދިވެހިރާއްޖެ
އިޢުލާން
މި ސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ސްޓަޑީގައިޑްތައް ލިޔުމަށް ކުރެވުނު ނަންބަރު (IUL)COL/1/2016/08 (15 ޖޫން 2016) އިޢުލާނާ ގުޅިގެން ތިރީގައިމިވާ 5 މާއްދާއަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައި ނުވާތީ އަލުން އެ މަސައްކަތްތަކަށް އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ސްޓަޑީގައިޑު ލިޔަން ބޭނުންވާ މާއްދާތަކަކީ:
|
ކޯސް |
މާއްދާ |
1 |
ބެޗްލަރސް އޮފް ޓީޗިންގ އިސްލާމް |
އިސްލާމިކް ފެއިތު 2 |
2 |
ބެޗްލަރ އޮފް އެޑިޔުކޭޝަން |
ކޮމްބައިންޑް ސައިންސް 2 |
3 |
ބެޗްލަރސް އޮފް ނަރސިންގ |
ކޮލިޓީ އެޝުއަރެންސް އިން ހެލްތު ކެޔަރ |
4 |
ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ ދިވެހި ލޭންގުވިޖް އެންޑް ލިޓްރެޗަރ |
ގަވާއިދު ކިޔަވައިދިނުމުގެ ގޮތްތައް |
|
|
ބަހަވީ ޢިލްމުގެ ތަޢާރަފު 2 |
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ ރަސްމީގަޑީގައި 3345188 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
24 ރަމަޟާން 1437