ދިވެހިރާއްޖެ
އިޢުލާން
އޮއިން ހޮވި ފައިބަރު މަސްބޯޓު ނީލަންކިޔުމާބެހޭ:
އޮއިން ހޮވައިފައިވާ ލަންކާ "ނިރަންޖާ ދެވިނަވަރާ" ނަމަކަށްކިޔާ، ޔަންމާ ފޯސީ އިންޖީނެއް އަޅައިފައިވާ ފައިބަރު މަސްބޯޓު ސިޓީލައި ނީލަންކިޔުން 2016 ޖޫން 28 ވާ ބުދަ ދުވަހުން ފެށިގެން ހުޅުވާލައިފީމެވެ. ނީލަމާބެހޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
1- ބޯޓުގެ ބޮޑުމިން: ދިގު 35 ފޫޓު ފުޅާ 10 ފޫޓު
2- ބޯޓުގެ ނީލަން ފެށޭ އަގު: -/10،000ރ (ދިހަހާސްރުފިޔާ)
3- ބޯޓުގެ ފޮޓޯ: އިޢުލާނާއެކުގައި ވާނެއެވެ.
4- ނީލަން އަގު މަތިކުރެވޭ އެންމެ ކުޑައަގު: -/2000ރ (ދެހާސްރުފިޔާ)
5- ނީލަމުގައިވާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހެއްގެވެސް 12:00 ގައެވެ. މިގޮތުން އެ ދުވަހެއްގައި ބޯޑަށް އެރުވޭނީ އެ ދުވަހެއްގެ 11:45 ގެ ކުރިން ހުށަހަޅާ ސިޓީތަކުގައިވާ އަގުތަކެވެ. ކަނޑައެޅިފައިވާ ގަޑީގެފަހުން ބަލައިގަންނަ ސިޓީތަކުގެ އަގު ބޯޑަށް އެރުވޭނީ ޖެހިގެން އަންނަ ދުވަހުގެ 12:00 ގައެވެ.
- ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. (ދެ ދުވަހުގެ ގޮތުގައި ބެލެވޭނީ ނޯޓިސްބޯޑަށް އަގު އަރުވާ ގަޑިން ފެށިގެން 48 ގަޑިއިރު ވުމުންނެވެ.)
6- ނީލަމުން ބޯޓު ނަގާ ފަރާތުން ނީލަން ނިމޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކުމަށްފަހު ބޯޓާ ހަވާލުވެ 15 ދުވަހުގެ ތެރޭގައި ބޯޓު ބަނދަރުން ބޭރުކުރަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
11 ރަމަޟާން 1437