ކުއްޔަށް ދިނުން
ނަންބަރު: (IUL)253 /253/2016/76
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:32
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުހެއްދުމަށް ވިޔަފާރި އުސޫލުން ވަގުތީ ދަނޑުބިން ދޫކުރުން

އިޢުލާން

ދަނޑުހެއްދުމަށް ވިޔަފާރި އުސޫލުން ވަގުތީ ދަނޑުބިން ދޫކުރުން   

މި އިދާރާގެ ނަންބަރު: (IUL)253/253/2016/35 (01 މާރިޗު 2016) އަދި (IUL)253-CAA/253/2016/67 (29 މޭ 2016) އިޢުލާނާ ގުޅިގެން ދަނޑުބިން ނެގުމަށް އެދި އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީއާއި މި އިދާރާގެ ނަންބަރު: (IUL)253/253/2016/40 (13 މާރިޗު 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް އިޖާބަދެއްވާފައިނުވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ރަށުގައި ދިރިއުޅެމުންދާ ފަރާތްތަކުން އާމްދަނީ ހޯދުމަށްޓަކައި މިރަށުގެ އުތުރުކޮޅު ދަނޑުބިމުން ވިޔަފާރި އުސޫލުން 24 މަސްދުވަހަށް، ދަނޑަކަށް -/1،000 (އެއްހާސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް ވަގުތީ ދަނޑުބިންތަކެއް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ދަނޑު ހެއްދުމަށްޓަކައި ދަނޑުބިން ނެގުމަށް އެދޭ ފަރާތްތަކުން 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި އިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ. މި އިޢުލާނާއެކު ދަނޑުބިންތައް ދޫކުރާ ސަރަޙައްދުގެ ޗާޓު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންޖެހޭނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

21 ރަމަޟާން 1437

26 ޖޫން 2016