ދިވެހިރާއްޖެ
އިޢުލާން
ފުވައްމުލަކުގައި ޢިމާރާތްކުރަމުންދާ 200 ފުލެޓުގެ ތެރެއިން ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވޭ 20 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން:
ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ޢިމާރާތްކުރަމުންދާ 200 ފްލެޓުގެ ތެރެއިން ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވޭ 20 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު 2016 ޖޫން 28 ން ފެށިގެން 4 އޮގަސްޓު 2016 ގެ 14:00 ނިޔަލަށް ހުޅުވާލަމެވެ. ފްލެޓަށް އެދިލައްވާ ފަރާތްތަކުން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ހުށަހަޅުއްވާނީ މި އިދާރާއަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 5 ން ފެށިގެން 2016 އޮގަސްޓު 18 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައެވެ.
މިކަމަށް އެދޭ ފޯމު ރަށު ކައުންސިލްތަކުގެ އިދާރާއިންނާއި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ވެބްސައިޓް www.housing.gov.mv ން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ހަމަނުވާ ފޯމުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމު ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
23 ރަމަޟާން 1437