ޓައިޓަލް
|
ކޮންސަލްޓަންޓް ފޮރ އިންގްލިޝް ސާރވިސަސް
|
ބޭނުންވާ އަދަދު:
|
02
|
މަސައްކުރަންޖެހޭ ތަން
|
ރޭޑިއޯ ބިލްޑިންގ އަދި ޓީވީ ބިލްޑިންގ
|
ފެންވަރު ނުވަތަ ޝަރުޠު:
|
އިނގިރޭސި ބަހުން ދަށްވެގެން ޑިގްރީއެއް އޮތް ނުވަތަ އިނގިރޭސިބަސް ދިރާސާކުރެއްވުމާއި ކިޔަވައިދެއްވުމާއި ބަހުގެ ހަމަތަކުގެ މަޢުލޫމާތު ފެތުރުއްވުމުގެ ރޮނގުން މަދުވެގެން 15 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވުން.
|
މައިގަނޑު މަސްއޫލިއްޔަތު:
|
- ޗެނަލްތަކުގެ ޚަބަރާއި ޕްރޮގްރާމްތައް އުފައްދާ ފަރާތްތަކަށާއި ހުށަހަޅާ ފަރާތްތަކަށް ކަމާގުޅޭގޮތުން ބޭނުންވާ ތަމްރީނާއި ލަފައާއި އިރުޝާދު ދެއްވުން؛
- ޗެނަލްތަކުގެ ޚަބަރާއި ޕްރޮގްރާމުތައް އެއަރކުރުމުގެ ކުރިން ބެއްލެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި މިންވަރަކުން ޗެކްކުރައްވައި، ބަހުގެ ހަމަތަކަށް ފެއްތެވުން؛
- ޕީ.އެސް.އެމްގެ ޗެނަލްތަކުން ތައްޔާރުކުރާ އިނގިރޭސިބަހުގެ ޕްރޮގްރާމްތައް ބައްޓަންކުރުމާއި އޭގެ ކޮންޓެންޓް ޕްލޭންކުރުމާއި އަދި ޕްރޮގްރާމް ތައްޔާރުކުރުމަށާއި ހުށަހެޅުމަށް ބޭނުންވާ ފަންނީ ލަފާދެއްވުމާއި އެ ޕްރޮގްރާމްތަކުގައި ހިމެނޭ ކޮންޓެންޓަކީ އިނގިރޭސިބަހުގެ ހަމަތަކާއި އުސޫލުތަކުން އެންމެ ރަނގަޅުގޮތުގައި ފެތުރޭ ކޮންޓެންޓްކަން ކަށަވަރުކުރުން؛
- ޕީ.އެސް.އެމްގެ ޗެނަލްތަކުން ތައްޔާރުކުރާ ތަފާތު ޕްރޮގްރާމްތައް އިނގިރޭސިބަހުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ތައްޔާރުކޮށް ބްރޯޑްކާސްޓްކުރުމަށް ބޭނުންވާ ލަފަ އާއި އިރުޝާދު ދިނުމާއި ފަންނީގޮތުން އެހީތެރިވެދިނުން؛
- ޕީ.އެސް.އެމްގެ ޗެނަލްތަކުން ގެނެސްދޭ އިނގިރޭސިބަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވުން؛
- އިނގިރޭސި ބަހުގެ ޕްރޮގްރާމްތަކަށް ބޭނުންވާ ސުވާލާއި ޖަވާބު ތައްޔާރުކޮށްދެއްވުން؛
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މިކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ހޮވުމުގައި އެ ބޭފުޅެއްގެ ތަޢުލީމީ ފާހާއި ތަޖުރިބާއާއި މި ރޮނގުން އުގަންނައިދެއްވުމާއި ދިރާސާކުރެއްވުމުގައި ހޭދަކުރައްވާފައި މުއްދަތުގެ ދިގުމިނަށާއި މި ރޮނގުން ހޯއްދަވައިފައިވާ ކާމިޔާބީއަށް އިސްކަން ދެވޭނެއެވެ.
|
އުޖޫރަ
|
މަހަކު-/7000 (ހަތްހާސް) ރުފިޔާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކަމާގުޅޭ ތަޖުރިބާއާއި ހުނަރު ހުރިމިންވަރު ބަޔާންކޮށްދެވޭނެ ލިޔުން ހުރިނަމަ އެފަދަ ލިޔުންތަކުގެ އަސްލު ނުވަތަ އަސްލާއެއްގޮތް ކޮޕީ.
- ޕާސްޕޯޓް ސައިޒު ފޮޓޯއެއް
ނޯޓު: ހުށަހަޅުއްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައި ނުގަނޭވޭނެ ވާހަކަ ދަންނަވަމެވެ.
|
ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:
|
މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ.އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000210 ނަންބަރު ފޯނާއެވެ.
|