މަޤާމު:
|
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ސެކްޝަން:
|
ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް (އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް އެންޑް ކޮންޕެންސޭޝަން)
|
އަސާސީ މުސާރަ:
|
މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
މަހަކު -/3000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ތަޢުލީމާއި ތަޖުރިބާ:
|
ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސިވިލް ސަރވިސް އިދާރާތަކުގެ އިދާރީ އޮނިގަނޑުތައް ބައްޓަންވެފައިވަނީ ނަތީޖާ ހާސިލުލުކުރެވޭގޮތަށް ތޯ ދިރާސާކޮށް ބެލުމާއި، ގެންނަންޖެހޭ ބަދަލުގެނައުމާއި މުރާޖަޢާކުރުމާއި، ޕްރޮސީޖަރތައް އެކުލަވައިލުމާއި މޮނިޓަރ ކުރުން.
- މަސްޢޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގާ އިދާރާތަކުގެ އިދާރީ އޮނިގަނޑުތައް ފަރުމާކުރުމުގައި ބޭނުންވާ ފަންނީ ލަފާ ދިނުމާއި، ކޮމިޝަނަށް ހުށަހެޅޭ އިދާރީ އޮނިގަނޑުތައް ބަލައި ފަންނީ ލަފާދިނުމާއި އެންޑޯޒް ކުރުމުގައި އެހީތެރިވުން.
- ސީއެސް ވިއުގަ 2.0 ސޮފްޓްވެއަރ ބޭނުންކޮށްގެން ސެކްޝަނުގެ މަސައްކަތާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި، ސިސްޓަމް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ދިރާސާކުރުމާއި، ޓެސްޓްކުރަންޖެހޭ މޮޑިއުލްތައް ޓެސްޓްކޮށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
- ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކްލެސިފިކޭޝަން ސިސްޓަމާއި ގްރޭޑިންގ ސިސްޓަމް އެކުލަވައިލުމާއި، ސިވިލް ސަރވިސްގެ ވަޒީފާތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ހިންގުން.
- ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެމަތިން، މުސާރައާއި ޢިނާޔަތްތަކުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް ކޮމިޝަނަށް ހުށަހެޅުން.
- ސިވިލް ސަރވިސްގެ މަޤާމުތަކުގެ ޚާއްޞަ އޮނިގަނޑުތަކުގެ ދިރާސާކުރުމާއި ގެންނަންޖެހޭ ބަދަލު ގެނައުމާއި، މިކަންތަކާގުޅިގެން ހަދަންޖެހޭ އުސޫލު ހެދުމާއި ކަމާގުޅޭ އެންމެހައި މަސައްކަތް ރާވައި ހިންގުން.
- ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، ސިވިލް ސަރވިސްގައި ހިމެނޭ ފަންނީ މަޤާމުތަކާއި އެހެނިހެން މަޤާމުތަކުގެ ސްކިލް ސެޓްތަކާއި މަގާމުތަކުގެ ޝަރުޠު އެކުލަވައިލުމާއި މުރާޖަޢާ ކުރުމުގެ މަސައްކަތްކުރުން.
- ސިވިލް ސަރވިސްގެ އިދާރާތަކުން ކުރިއަށް ގެންދާ ވަޒީފާގެ އޮނިގަނޑުތަކާއި މުސާރައިގެ އޮނިގަނޑުތައް ފަރުމާކުރުމުގައި ބޭނުންވާ ފަންނީ ލަފާދިނުން.
- ދިވެހި ސިވިލް ސަރވިސްގެ ކެރިއަރ ފީލްޑްސް (ވަޒީފާގެ ދާއިރާތައް) އާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާކުރުމާއި ކެރިއަރ ފީލްޑް މެނުއަލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2016 ޖުލައި 5 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
|
އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 ޖުލައި 17 އާއި 2016 ޖުލައި 21 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
|
21 ރަމަޟާން 1437
|