ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164/1/2016/29
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި:
13 ޖުލައި 2016 00:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު – ސޮފްޓްވެއަރ ޑެވެލޮޕަރ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަސައްކަތުގެ މުއްދަތު:
|
1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)
|
މަސައްކަތުގެ ވަގުތު:
|
ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ހަވީރު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)
|
އުޖޫރަ:
|
އަސާސީ މުސާރަ: މަހަކު -/15,000 ރުފިޔާ
ޕާފޯމަންސް އެލަވަންސް: -/3,000 ރުފިޔާ
|
ފެންވަރު/ ޝަރުޠު
|
- މަޤާމުގެ މަސައްކަތާއި ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
- PHPނުވަތަ .NET ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- Javascript، HTML5، CSS3 ފަދަ ވެބް ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- MsSQL ނުވަތަ MySQL ފަދަ ޑޭޓާބޭސް ޓެކްނޮލޮޖީ ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- އަމިއްލަ އިސްނެގުމާއެކު އެހެންމީހެއްގެ އެހީއާނުލައި ޕްރޮޑަކްޝަން ލެވެލްގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތު ހުރުން.
(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގައި ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.
|
މައިގަނޑު މަސައްކަތްތައް
|
-
ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާ ކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުން. އަދި އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ މަތިން ކަނޑައަޅާ އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.
-
ކޮމްޕްލެކްސް ސޮފްޓްވެއާރ އެޕްލިކޭޝަން ސިސްޓަމްސްތައް ދެނެގަތުން.
-
އެހެން މީހުންނާއެކު މަސައްކަތްކޮށް އާ އެޕްލިކޭޝަންތައް ތައްޔާރުކުރުމާއި ދިމާވާ މައްސަލަތައް ހައްލު ކުރުން.
-
ހަވާލްކުރެވޭ ޕްރޮޖެކްޓް ޓެސްޓް ކުރާނެ ގޮތް ޑިޒައިންކޮށް އެކަން މެނޭޖްކުރުން.
-
ސްޓޭންޑަޑްތަކާ އެއްގޮތް ސްފްޓްވެއާރއާ ގުޅޭ ޑޮކިއުމެންޓޭޝަން ބެލެހެއްޓުން.
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
-
ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
-
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
-
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
-
ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ ނުވަތަ ހަދާފައިވާ ވެބްސައިޓް ނުވަތަ އެޕްލިކޭޝަނާ ގުޅޭ ރެފަރެންސް.
|
ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން2016 ޖުލައި 13 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 334 4000 (960) ، ފެކްސް ނަންބަރު: 334 4004 (960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
25 ރަމަޟާން 1437