ދިވެހިރާއްޖެ
އިޢުލާން
ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ށ. މިލަންދޫގައި ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ހުށަހަޅަންވީ ތަކެތި
- މި މަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
- މަސައްކަތް ނިންމޭނެ މުއްދަތު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓުކުރާއިރު ބެލެވޭނެ ބައިތައް
- ހުށަހެޅޭ އެންމެ ހެޔޮއަގު / ހުށަހެޅި އަގު
- ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައި
ބިޑް ހުށަހަޅުއްވަންވީގޮތް
މި މަސައްކަތަށް ބިޑް ހުށަހަޅުއްވާނީ މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ބިޑްތައްޔާރުކުރުމަށްފަހު، ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ ގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ށ. މިލަންދޫގައި ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭ އިޢުލާނު ނަންބަރު: (IUL)284-PR/284/2016/44
ޕްރީ ބިޑް ބައްދަލުވުން
މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 01:00 ގައި ށ. މިލަންދޫގެ ކައުންސިލުގެ އިދާރާގެ އޮފީހުގައެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 13 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 01:00 ގައި ށ. މިލަންދޫގެ ކައުންސިލްގެ އިދާރާގެ އޮފީހުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑަގައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 13 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކުރައްވާ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ށ.މިލަންދޫ ކައުންސިލުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ށ.މިލަންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540063 ނަންބަރު ފޯނަށެވެ.
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
މިލަންދޫ
ދިވެހިރާއްޖެ
21 ރަމަޟާން 1437