މަސައްކަތް
ނަންބަރު: GS-138/IUL/2016/P3-7
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 13 ޖުލައި 2016 11:30
ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ފާޚާނާއެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ފާޚާނާއެއް ޢިމާރާތްކުރުމާގުޅޭ:

މި ސްކޫލުގެ ނަންބަރު GS-138/IUL/2016/P3-6 އިޢުލާނުގައިވާ ތާރީޚުގައި ޕްރީބިޑް ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

2016 ވަނަ އަހަރު މި ސްކޫލުގައި ޕްރީސްކޫލް ކުދިންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ، އެ ކުދިން ބޭނުންކުރުމަށް ޚާއްޞަ ފާޚާނާއެއް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާފައިވާ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް ޢިމާރާތްކުރަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖުލައި 13 ވާ ބުދަ ދުވަހުގެ 11:30 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ސްކޫލް އޮފީހަށް ހާޒިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ މި ގަޑީގައެވެ.

27 ޖޫން 2016