މަސައްކަތް
ނަންބަރު: (IUL)243-S01/INDIV/2016/35
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި:
10 ޖުލައި 2016 14:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
20 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތަށް 40 އޮފިޝަލުން ހޯދުމަށް
އިޢުލާން
އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތާ ގުޅޭ:
2016 ޖުލައި 20 ން 24 އަށް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މައިލޯ 20 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތަށް 40 އޮފިޝަލުން ބޭނުންވެއެވެ.
ޝަރުޠު:
- 17 އަހަރު ފުރިފައިވުން. (އޮފިޝަލުން ނަގާއިރު ބަލާނީ 2016 ޖުލައި 09 އަށް 17 އަހަރު ފުރިފައިވާ ކުދިންނަށެވެ.)
ޢިނާޔަތްތައް:
- އޮފިޝަލުންނަށް މުބާރާތް ހިނގަމުންދާ ވަގުތު ސައި އެލަވަންސް ދެވޭނެއެވެ.
- އޮފިޝަލުންނަށް މުބާރާތް ހިނގަމުންދާ ވަގުތު ބޭނުންކުރުމަށް ޓީ-ޝާޓް ހަވާލުކުރެވޭނެއެވެ.
- މުބާރާތުގެ ކުރިން އެތްލެޓިކްސްއާ ބެހޭ ފަންނީ /ޓެކްނިކަލް މަޢުލޫމާތު ދެވޭނެއެވެ.
- މުބާރާތް ނިމިގެން އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ނަން (ޝައުޤުވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަންބަރު) ނޯޓްކުރެއްވުން އެދެމެވެ. ނަން ނޯޓްކުރުމަށް 6865001 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ މި އިދާރާގެ ފޭސްބުކް ޕޭޖަށް ނަން އިންބޮކްސް ކޮށްދެއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6865001 ފޯނާ ގުޅުއްވުން އެދެމެވެ.
21 ރަމަޟާން 1437
26 ޖޫން 2016