ދިވެހިރާއްޖެ
އިޢުލާން
މި ކޯޕަރޭޝަނުގައި ހުރި ބައު ސާމާނު ތަކެއް ނީލަންކިއުމާބެހޭ
މި ކޯޕަރޭޝަނުގައި ކުރިން ބޭނުން ކުރެވިފައިވާ ފަރނިޗަރާއި އޭސީ ފަދަ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ތަކެތި ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ތަކެތި ބައްލަވައިލެއްވުމަށް ކ.ތިލަފުށީގައި ހުންނަ މި ކޯޕަރޭޝަންގެ ތިލަފުށީ އޮފީހަށް 2016 ޖުލައި 04 ވާ ހޯމަ ދުވަހު ހެދުނު 10:30 އަށް ވަޑައިގެން ތަކެތި ބައްލަވާލެއްވުމަށް ދަންނަވަމެވެ. މި ތަކެތި ބައްލަވައިލެއްވުމަށް ތިލަފުށްޓަށް ދުުރުވުމަށް ބޭނުންވެލައްވާ ފަރާރްތަކަށް ކުންފުނީގެ ލޯންޗް، އެ ދުވަހުގެ ހެނދުނު 10:30 ގައި ކުރީގެ ކުނިކޮށްޓާ ދިމާގައި ހަމަޖެހިފަ އޮންނާނެ ވާހަކަ ދަންނަވަމެވެ. އަދި މި ތަކެތި ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 11 ވާ ހޯމަ ދުވަހު ހެނދުނު 10:30 އަށް މި ކޯޕަރޭޝަން ހެޑް އޮފީހުގެ ރިސެޕްޝަނަށް އަގު ހުށަހެޅުމަށް ދަންނަވަމެވެ. އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް މި ތަކެތި ނީލަމުގައި ވިއްކާލެވޭނެއެވެ.
އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންގެ އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓްގެ ފޯނު ނަންބަރު 3307513 އަށް ގުޅުއްވުން އެދެމެވެ.
23 ރަމަޟާން 1437