ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-AD/IUL/2016/048
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 10 ޖުލައި 2016 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަލެކްޝަން ސަރވިސަސް އޮފިސަރ

 އިޢުލާން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.

މަޤާމު:

ކަލެކްޝަން ސަރވިސަސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް:

މަހަކު -/12,000 ރުފިޔާއާ -/17,000 ރުފިޔާއާ ދެމެދު އަދަދެއް (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒީފާ އަދާކުރަންޖެހޭ އޮފީސް:

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު:

01 (އެކެއް)

ޝަރުޠު:

  1. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ވެމްކޯގެ ފަރާތުން މާލޭގެ ގޭބިސީތަކުން އުފައްދާ ކުނި ނެގުމުގެ ހަރަކާތްތައް ހިނގުމާއި ދުވަހުން ދުވަހަށް އެ ހަރަކާތްތައް ހިނގާނުހިގާގޮތް ބެލުން
  2. މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ އަދި ދެފަރާތަށް ފައިދާކުރާނެ އުސޫލުތަކަކަށް މަސައްކަތް ކުރުން
  3. ގޭބިސީތަކުން ކުނި ނެގުން އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ރޭވުންތައް ރާވައި ތައްޔާރުކުރުން
  4. ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފީޑްބެކު ހޯދޭނެ ފަދަ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުން
  5. ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޑޭޓާބޭސްއެއް ތައްޔާރުކުރުން
  6. އޮޕަރޭޝަން ޑިޕާޓްމަންޓްގެ އަހަރީ ރިޕޯޓް ތައްޔާރު ކުރުމުގައި އެހީތެރިކަން ފޯރުކޮއްދިނުން
  7. ކުނި ނެގުމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރު ކުރުން
  8. ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތަށް ބޭނުންވާ ސްޓޭންޑަރޓް އޮޕަރޭޓިންގ ޕްރޮސީޖަރތައް ތައްޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  9. މީގެ އިތުރުން ކޯޕަރޭޝަނުން ރާވައިގެން ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

- މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.

- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުން (http://wamco.com.mv/resources/forms/) މި ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ).

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކުރެވިފައިވާ)

- ޕޮލިސްރިޕޯޓު (ރިޕޯޓް ދޫކުރެއްވި ތާރީޚުގެ ފަހުން 03 މަސްދުވަސް ހަމަނުވާ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފުއެއް).

ސުންގަޑި:

- 2016 ޖުލައި 10 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލަޔަށް) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާންކުރުން، 2016 ޖުލައި 11 އާއި 14 އާ ދެމެދުގައި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހުގައި (މއ. ޖަންބުގަސްދޮށުގޭގެ 3 ވަނަ ފަންގިފިލާގައި) އޮންނާނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިންޓަރވިއުއާއި އިމްތިޙާންކުރުމަށް ކޯޕަރޭޝަނުން ގުޅާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3000581 ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 22 ރަމަޟާން 1437

 

 

 

27 ޖޫން 2016