ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު:
މަޤާމް: ރިލީފް ޓީޗަރ (ޕްރައިމަރީ)
ބޭނުންވާ އަދަދު: 6 (ހައެއް)
މަޤާމުގެ ގިންތި: ވަގުތީ
މުއްދަތު: 3 (ތިނެއް) މަސްދުވަސް
ވަޒީފާ އޮތް އޮފީސް: ވަންދޫ ސްކޫލް، ތ. އަތޮޅު ވަންދޫ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް، ވަންދޫ ސްކޫލް
ފެންވަރު ނުވަތަ ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:
1. ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.
މުސާރަ: މަހަކު -/4،500 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ
2. މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.
މުސާރަ: މަހަކު -/5،500 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ
3. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މުސާރަ: މަހަކު -/6،090 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2،500 ރުފިޔާ
އެހެނިހެން ޢިނާޔަތްތައް:
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
- މީގެ އިތުރުން، މަލްޓިމީޑިއާއަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.
ވަޒީފާގެ މަސްއޫލިއްޔަތު:
- މާސްޓަރ ޓައިމްޓޭބަލުގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ހާޒިރުވެ، ކިޔަވައިދިނުން.
- ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ސްކީމާއި ލެސަންޕްލޭން ތައްޔާރުކޮށް އުނގަންނައިދީ، ކުދިންނަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް، ލީޑިންގ ޓީޗަރުންގެ މަޝްވަރާގެމަތިން ކުރުން.
- ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ހަރަކާތްތައް ހިންގުން.
- ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
- މުޖުތަމަޢާއި ސްކޫލާ ދެމެދުގައި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން.
- ސްކޫލުގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓީމު މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)
- ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ރޭންކް އެނގޭގޮތަށް ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކާޑުގެ ސާފު ފޮޓޯކޮޕީ.
ސުންގަޑި:
މި މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ޖުލައި 5 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު ވަންދޫ މަދރުސާގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
އިންޓަވިއު:
- މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި، ވަންދޫ ސްކޫލުގައެވެ.
- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. އިންޓަވިއު އޮންނަ ތާރީޚު ހޮވުނު ފަރާތްތަކަށް ފޯނުން އެންގޭނެއެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ވަންދޫ ސްކޫލުގެ 6780574 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
22 ރަމަޟާން 1437