ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/125
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 11 ޖުލައި 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

މަޤާމް :ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :1

މި މިނިސްޓްރީގެ ނަންބަރު (IUL)138-AS4/1/2016/117 (5 ޖޫން 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އަލުން މި މަޤާމަށް އިޢުލާން ކުރަމެވެ. އަދި ނަންބަރު (IUL)138-AS4/1/2016/117 (5 ޖޫން 2016) އިޢުލާނާ ގުޅިގެން އެޕްލިކޭޝަންފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ރޭންކް:

އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

ގަވަރމަންޓް ކީ ކޮންޓްރޯލް ޔުނިޓް – ބިލްޑިންގ މޮނިޓަރިންގ އެންޑް މެއިންޓެނަންސް ސެކްޝަން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ،

ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/3875ރ

- ސަރވިސް އެލަވަންސް: މަހަކު -/1000ރ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

- ޝިފްޓް ޑިއުޓީ އެލަވަންސް: ޝިފްޓް ޑިއުލީ އެލަވަންސް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަސައްކަތް ކުރަން ހަމަޖެހިފައިވާ ވަގުތު:

ޝިފްޓް ޑިއުޓީ އުސޫލުން

މަޤާމުގެ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޑިއުޓީ ރޯސްޓަރާ އެއްގޮތަށް އެދުވަހެއްގެ ޑިއުޓީ ފެށޭވަގުތުގެ 10 މިނިޓް ކުރިން، ވެލާނާގެއަށް ހާޒިރުވެ ހާޒިރީފޮތުގައި ދުވަހާއި ގަޑި ލިޔެ ސޮއިކޮށް، އެހިނދުގައި ބޭރަށް ގެންގޮސްފައިވާ ތަޅުދަނޑިތަކާއި އެތެރޭގައި ހުރި ތަޅުދަނޑިތައް ރަނގަޅަށް ޗެކްކޮށް ފޮތާ ދިމާވޭތޯ ބަލައި އެއްވެސް އޮފީހެއްގެ ތަޅުދަނޑި އެއްވެސް ފަރާތަކާ ހަވާލުކުރެވިފައިވާނަމަ، ތަޅުދަނޑި ހަވާލުކުރެވިފައިވަނީ އެމީހެއްގެ ނަމާއި ދުވަހާއި ގަޑި ފޮތުގައި ރަނގަޅަށް ނޯޓްކޮށް ސޮއިކުރުވާފައިވޭތޯ ބެލުން.
  2. ހަވާލުކުރެވިފައިވާ ތަޅުދަނޑިތައް ފަރުވާތެރިކަމާއެކު ބަލަހައްޓައި، އެއްވެސް ތަޅުދަނޑިއެއް ދޫކުރުމުގެ ކުރިން ތަޅުދަނޑި ބަލާ އައިސްހުރި މީހާއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ދޫކޮށްފައިވާ، ތަޅުދަނޑިއާ ހަވާލުވުމުގެ ފާސް ލިބިފައިވާ ފަރާތެއްތޯ ރަނގަޅަށް ޗެކްކޮށް މީހާއާއި ފޮޓޯ ދިމާވޭތޯ ބެލުން. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އެމީހެއްގެ މަޢުލޫމާތު ފޮތުގައި ނޯޓްކުރުން.
  3. ޑިއުޓީ ނިމެން 10 މިނިޓަށް ވާއިރު އަނެއް ޑިއުޓީގައި ހުންނަންޖެހޭ މުވައްޒަފުން ހާޒިރުނުވެއްޖެނަމަ އެކަން ސުޕަވައިޒަރަށް އަންގައި ސުޕަވައިޒަރުގެ ލަފާގެ މަތިން ޢަމަލުކުރުން.
  4. އެއްވެސް ފަރާތަކުން ގެންނަ ކާޑެއްގެ ޞައްޙަކަމާމެދު ސުވާލު އުފެދިއްޖެނަމަ ތަޅުދަނޑި އެމީހަކަށް ދޫނުކޮށް ސުޕަވައިޒަރަށް އެކަން އެންގުން.
  5. ޑިއުޓީގައި ހުންނަ މީހާ ފިޔަވައި އިތުރު އެއްވެސް މީހަކު ތަޅުދަނޑި ރޫމަށް ނުވެއްދުން.
  6. ރޭގަނޑު 12 ޖަހާއިރު ތަޅުދަނޑިތައް ހަމަތޯ ބަލައި، ތަޅުދަނޑިއެއް މަދުނަމަ ކަމާބެހޭ ސުޕަވައިޒަރަށް އެކަން އެންގުން.
  7. މަސައްކަތާ ގުޅޭ ލިޔެކިޔުންތަކާއި އެހެނިހެއް ލިޔުންތައް ތައްޔާރުކުރުން.
  8. ޑިއުޓީގަޑީގައި ޚާއްޞަކަމެއް ދިމާވެއްޖެނަމަ އެކަން ނޯޓްކޮށް ސުޕަވައިޒަރަށް އެންގުން.
  9. ލިބިފައިވާ ތަޅުދަނޑިތައް އެކަމަށް ޚާއްޞަ ފޮށީގައި ބެހެއްޓުން.
  10. ސެކްޝަންގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހައި ކަންތައްތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ޝިފްޓް ޑިޔުޓީތަކުގައި މަސައްކަތް ކުރެވޭ މީހަކު ކަމުގައިވުން.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ، 2016 ޖުލައިމަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / މާލޭގައެވެ.

- އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް).
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

22 ރަމަޟާން 1437

27 ޖޫން 2016