ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC/1/2016/39
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 03 ޖުލައި 2016 14:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސެކިޔުރިޓީ ގާޑެއް ބޭނުންވެއްޖެ

މަޤާމުގެ ނަން:  ސެކިޔުރިޓީ ގާޑް

މުސާރަ:

އަސާސީ މުސާރަ -/3870 ރުފިޔާ

ޑެއިލީ އެލަވަންސް -/2580 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: އިންވެސްޓްމަންޓް

ބޭނުންވާ އަދަދު: 2

ޝަރުޠު:

  • މާލެއިން ބޭރުގައި (ލ. ބަރެސްދޫގައި) މަސައްކަތް ކުރުން.
  • އަސާސީ ތަޢުލީމު ހާސިލުކޮށްފައިވުން.
  • ރަށުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާ ގުޅިގެން އުޅުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި، މަސައްކަތްތައް ފަރުވާތެރި މީހެއް ކަމުގައިވުން.
  • ކަންތައްތަކަށް އިސްނަގައިގެން ޝައުޤުވެރިކަމާއެކު މަސައްކަތްކުރުމާއި މަސައްކަތުގެ މާޙައުލަށް އަންނަ ބަދަލުތައް ޤަބޫލުކުރެވޭ މީހެއްކަމުގައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 3 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް. ފެކްސްއިންނަމަ 3323229 ނުވަތަ އީމެއިލް ކުރުއްވާނީ [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ލިޔުން (ސިޓީ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

22 ރަމަޟާން 1437

27 ޖޫން 2016