ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2016/7
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 11 ޖުލައި 2016 13:30
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރަޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

ޕޮލިސީ އޮފިސަރ

 

01

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 07 ވަނަ ސަނަދު ހާސިލު ކޮށްފައިވުން. އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ ކޮމިޝަންގެ އެސިސްޓެންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން.

ހެނދުނު 8:00 އިން  15:00 އަށް،

 

މަހަކު -/10,550 ރުފިޔާ

  • ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުގެ ޕޮލިސީ ޔުނިޓްގެ އެންމެހާ ކަންތައް ޑިރެކްޓަރުގެ ލަފާގެ މަތިން ރާވައި ހިންގުން.
  • މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅޭ އެކަށޭނަ ސިޔާސަތުތަކަކީ ކޮބައިތޯ ބަލައި އެފަދަ ސިޔާސަތުތަކާ ގުޅޭގޮތުން ލަފައާއި އިރުޝާދު ދިނުމާއި، ކޮމިޝަނުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލައި އެކަށައެޅުމުގައި ޢަމަލީގޮތުން މަސައްކަތް ކުރުން،
  • ސަރުކާރުންނާއި އެހެނިހެން އިދާރާތަކުން، ކޮމިޝަނުން އެކުލަވާލާ އިންސާނީ ޙައްޤުތަކާގުޅޭ ސިޔާސަތުތައް ދިރާސާކޮށް ޑިރެކްޓަރުގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތް ކުރުން

އެޑްވަކަސީ ޑިޕާޓްމަންޓް

އެޑިޔުކޭޝަން އޮފިސަރ

 

 

01

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 07 ވަނަ ސަނަދު ހާސިލުކޮށްފައިވުން. އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ  މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ކޮމިޝަންގެ އެސިސްޓެންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން

ހެނދުނު

8:00 އިން 

15:00 އަށް،

 

މަހަކު -/10,550 ރުފިޔާ

  • އިންސާނީ ޙައްޤުތަކާ ބެހޭގޮތުން މުޖުތަމަޢުގެ އެންމެން އަހުލުވެރި ކުރުވުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން
  • އިންސާނީޙައްޤުތަކަށް އަހުލުވެރި ކުރުމުގެގޮތުން ހިންގާ ޕްރޮގްރާމްތަކުގެ މެޓީރިއަލްސް ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ ލަފާގެމަތިން ތައްޔާރުކުރުން،

އެސިސްޓެންޓް އެޑިޔުކޭޝަން އޮފިސަރ

01

މަސައްކަތާ ގުޅޭދާއިރާއިން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލު ކޮށްފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ކޮމިޝަންގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން.

ހެނދުނު

8:00 އިން 

15:00 އަށް،

މަހަކު -/9,550 ރުފިޔާ
  • އަތޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް މީހުން ހޭލުންތެރިކުރުމާ ބެހޭގޮތުން ބާއްވާ ބައްދަލުވުންތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކާއި ސެމިނަރ ފަދަ ކަންކަން، ކަމާގުޅޭ އެންމެހައި އިދާރާތަކާ ގުޅިގެން ވިލަރެސްކުރުމަށް އެހީތެރިވުން
  • އަތޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް މީހުން ހޭލުންތެރިކުރުމާ ބެހޭގޮތުން ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކާއި ސެމިނަރ ފަދަ ކަންކަން ރާވައި ހިންގުމުގައި އެހީތެރިވެ އަތޮޅުތަކަށްގޮސް ޢަމަލީގޮތުން ބައިވެރިވުންް.
  • ތަޢުލީމީ ނިޒާމުގެ ތެރެއިން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތްކުރުން،
  • ޢާންމު ރައްޔިތުންނަށާއި އަދި ވަކި ބަޔަކަށް އަމާޒުކޮށްގެން އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމުގެގޮތުންނާއި އަދި ކޮމިޝަނާބެހޭ މަޢުލޫމާތު ދިނުމުގެ ގޮތުން އެޑިޔުކޭޝަނަލް މެޓީރިއަލް އުފެއްދުން.

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، ވަޒީފާ ދާއިމީވުމުން މުސާރައިގެ އިތުރުން ކޮންމެ މަހަކު ލިވިންގ އެލަވަންސްގެ ގޮތުގައި -/3,000 ރުފިޔާ  އަދި ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.   

ހުށަހަޅަންޖެހޭ ތަކެތި: ވަޒީފާއަށް އެދި ފޮނުވާ ސިޓީ، މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެން ހުންނާނެއެވެ.) ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

ސުންގަޑި: 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ, 3003122 ، 3003152 ނަންބަރުގެ ފޯނަށެވެ.

17 ރަމަޟާން 1437

26 ޖޫން 2016