ޢާންމު މަޢުލޫމާތު
ނަންބަރު: WAMCO- OPS/IUL/2016/047
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 18 ޖުލައި 2016 14:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބާދަގަނޑު، ޕްލާސްޓިކް އަދި މިފަދަ ރިސައިކަލް ކުރެވިދާނެ ތަކެތި ގަންނާނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ބާދަގަނޑު، ޕްލާސްޓިކް އަދި މިފަދަ ރިސައިކަލް ކުރެވިދާނެ ތަކެތި ގަންނާނެ ފަރާތެއް ބޭނުންވެއްޖެ.

މިކޯޕަރޭޝަނުން ތިލަފުށީގައި ޖަމާކުރަމުންދާ ބާދަގަނޑު، ޕްލާސްޓިކް އަދި މިފަދަ ރިސައިކަލް ކުރެވިދާނެ ތަކެތި ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 14:00 އަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް (މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 14:00 އަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް (މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

22 ރަމަޟާން 1437

27 ޖޫން 2016