ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/140
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 11 ޖުލައި 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް މެއިންޓަނަންސް އޮފިސަރ ގްރޭޑް 1

މަޤާމް :Assistant Maintenance Officer grade 1
ބޭނުންވާ އަދަދު :4

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް މެއިންޓަނަންސް އޮފިސަރ ގްރޭޑް 1

މުސާރައާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ

މަޤާމުގެ ރޭންކް:

AS 7

ބޭނުންވާ އަދަދު:

4 (ހަތަރެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އެޑްމިނިސްޓްރޭޝަން / އިންފްރާސްޓަރަކްޗަރ އެންޑް ލޮޖިސްޓިކް

 

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 02 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ކުންފުނީގެ އިމާރަތްތައް ސާފުކޮށް ބެލެހެއްޓުން.

2. ކުންފުނީގެ އިމާރާތްތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަނާއި އިންފްރާސްޓަކްޗަރއަށް ލިބޭ ގެއްލުންތައް ބަލައި، ގަވާއިދުން މަރާމާތުކޮށް ބެލެހެއްޓުން.

3. ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކާއި، ސްޓޫޑިއޯތަކުގައި އަޅާފައިވާ ކާޕެޓް ހަޑިވިޔަނުދީ ވެކިއުމްކޮށް، ސާފުކޮށް، ބެލެހެއްޓުން

4. ކުންފުނީގެ ބޭނުމަށް ގެންނަ އެކިއެކި ސާމާނު ގެންދިއުމަށް ހަމަޖެހިފައިވާ ތަންނަތަށް ގެންގޮސްދިނުން.

5. ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ގެންދަންޖެހޭ ލިޔެކިއުމާއި އެހެނިހެން ތަކެތި ހަވާލުކުރުން.

6. ކުންފުނީގެ އެކި ލޮޖިސްޓިކް މަސައްކަތްތައް ކުރުން.

7. މަސައްކަތުގެ މީހުންގެ މަސައްކަތްތައް ބަލައި ސުޕަވައިޒުކުރުން.

8. މީގެ އިތުރުން، ވެރިން ހަވާލުކުރައްވާ އޮފީހުގެ މަސައްކަތްތައް ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީ.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.

އިންޓަވިއު:

މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޖުލައި 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

23 ރަމަޟާން 1437

28 ޖޫން 2016