ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/163
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 05 ޖުލައި 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވަރެއް ބޭނުންވެއްޖެ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ޑްރައިވަރ ގރ.3

އަދަދު:01

މުސާރަ: -/5000ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭތަން: ޓްރާންސްޕޯޓް / ޑެލިވަރީ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ. 

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ކުންފުނީގެ ބޭނުމަށް ކުރާ އެކިއެކި ދަތުރުތައް އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން.

* ކުންފުނިން ހަވާލުކޮށްފައިވާ ވެހިކަލަކަށް ގެއްލުމެއް ލިބިއްޖެ ނުވަތަ މަރާމާތު ކުރަންޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ އުޅަނދު މަރާމާތުކުރުމުގެ ކަންކަން ކަމާބެހޭ އިސް މުވައްޒަފާ ގުޅިގެން ކުރުން.

* ހަވާލު ކުރެވިފައިވާ އުޅަނދު ފޮޅައި ސާފުކޮށް ބެލެހެއްޓުން.

* ހަވާލު ކޮށްފައިވާ ވެހިކަލްގެ މެއިންޓެނަންސް ބެލެހެއްޓުން.

* ޤާނޫނާ ގަވާއިދާ އެއްގޮތަށް ވެހިކަލް ދުއްވުމާއި އަދި ޕާކުކުރުން.

ތަޢުލީމާއި ތަޖުރިބާ:

* ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސިބަސް ލިޔަން ކިޔަން އެނގުން.

* V1, C0, C2, C1, B2, B1 އަދި C1, E ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް އޮތުން.

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން.

* މަޤާމާ ގުޅޭ ދާއިރާއިން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 05 ވާ އަންގާރަދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަންފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.                                                           

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272     ފެކްސް: 3344041 ވެބްސައިޓް: www.sto.mv  

26 ޖޫން 2016