ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|
މަޤާމް: |
އިންޖިނިއަރ |
ވަޒީފާގެ ދާއިރާ: |
އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ: |
މަހަކު -/11,480 ރުފިޔާއާއި -/22,000 ރުފިޔާއާ ދެމެދު. |
ފެންވަރު ނުވަތަ ޝަރުޠު: |
- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއި، ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - Windows Server، VMware، Cisco Networks، MS Exchange، SAN، SQL Server ފަދަ ސިސްޓަމްސްތައް ބޭނުންކުރުމާއި، ބެލެހެއްޓުމުގެ ތަޖުރިބާ ހުރުން. - ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކުރިޔަށްދިޔުމަށް ޝައުޤުވެރިކަން ހުރުން. |
ދާއިރާގެ މައިގަނޑު މަސައްކަތް: |
އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މި ކުންފުނީގައި ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް: - ސްޓެލްކޯގެ އިންޖީނުގެ ހުންނަ ރަށްތަކުގައި ނެޓްވާރކް ޤާއިމްކޮށް، އެ ނެޓްވާރކް ބެލެހެއްޓުން. - މިހާރު ހުރި ސިސްޓަމްސްތައް އަޕްގްރޭޑުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. - ސަޕޯޓް ސަރވިސް ޔުނިޓުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި، ސުޕަވައިޒްކުރުން. - މިނޫނަސް ދާއިރާއާ ގުޅުންހުރި ކުންފުންޏަށް މުހިންމު މަސައްކަތްތަކުގައި އެހީތެރިވުމާއި، ޑިޕާޓްމަންޓުގެ ފަރާތުން ރާވައި ހިންގާ ކަންކަމުގައި އެއްބާރުލުން ދިނުން. |
މަޤާމް: |
އެސިސްޓެންޓް އިންޖިނިއަރ (މެކޭނިކަލް) |
ވަޒީފާގެ ދާއިރާ: |
ރީޖަނަލް ޑިޕާޓްމަންޓް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ: |
މަހަކު -/10,150 ރުފިޔާއާއި، -/20,000 ރުފިޔާއާ ދެމެދު. |
ފެންވަރު ނުވަތަ ޝަރުޠު: |
މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުން. |
ދާއިރާގެ މައިގަނޑު މަސައްކަތް: |
- ރީޖަނަލް ރަށްތަކުގެ އިންޖީންތަކުގެ މެއިންޓަނަންސް މަސައްކަތް ޝެޑިއުލްކުރުމާއި، މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން. - އިންޖީނުތަކަށް ބޭނުންވާ ސްޕެއަރޕާރޓްސްއާއި ޓޫލްސް ފަދަ ތަކެތި ހޯދުމަށް މަސައްކަތްކުރުން. - އިންޖީނުތަކަށް ދިމާވާ މައްސަލަތައް ބަލައި، އެކަންކަން ޙައްލުކުރުމުގެ މަސައްކަތްކުރުން. - އަލަށް ގެންނަ އިންޖީނުތައް އިންސްޓޯލްކުރުމާއި، ކަމިޝަންކުރުން. |
މަޤާމް: |
އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް) |
ވަޒީފާގެ ދާއިރާ: |
ރީޖަނަލް ޑިޕާޓްމަންޓް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ: |
މަހަކު -/10,150 ރުފިޔާއާއި -/20,000 ރުފިޔާއާ ދެމެދު. |
ފެންވަރު ނުވަތަ ޝަރުޠު: |
އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުން. |
ދާއިރާގެ މައިގަނޑު މަސައްކަތް: |
- ރީޖަނަލް ރަށްތަކުގައި ކުރަން ހުންނަ އިލެކްޓްރިކަލް މަސައްކަތްތައް ޝެޑިއުލްކުރުމާއި، މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން. - މަސައްކަތަށް ބޭނުންވާ ޓޫލްސްއާއި ސްޕެއަރތަކަށް އޯޑަރުކުރުން. - އިންޖީނުތަކާއި، ކޮންޓްރޯލް ޕެނަލާއި، ފީޑަރ، ޕެނަލް، ޓްރާންސްފޯމަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ބަލައި، އެކަންކަން ޙައްލުކުރުން. - އިންޖީނުތައް އިންސްޓޯލްކުރުމާއި، ކަމިޝަންކުރުން. - ޕެނަލްތައް އިންސްޓޯލްކުރުމާއި، ކަމިޝަންކުރުން. |
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު: |
2016 ޖުލައި 4 ވަނަ ދުވަހުގެ 13.30 ގެ ކުރިން. |
ސުންގަޑި: |
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2016 ޖުލައި 4 ވަނަ ދުވަހުގެ 13.30 ގެ ކުރިން ހުށަހެޅުން އެދެމެވެ. |
އިންޓަވިއު: |
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) 2. ތަޢުލީމީ ސެޓުފިކެޓުތައް. 3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ލިޔުން. 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. |
އިތުރު މަޢުލޫމާތު: |
މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ. |
23 ރަމަޟާން 1437 |