ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-YDE/1/2016/80
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 18 ޖުލައި 2016 13:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޔޫތު ޗެލެންޗް 2016 'ދަ އޮޕޮޗުނިޓީ ޕޫލް'

އިޢުލާން

ޔޫތު ޗެލެންޖް 2016 "ދަ އޮޕޮޗުނިޓީ ޕޫލް"

1999 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ދިވެހިރާއްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމު އަދި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ޔޫތު ޗެލެންޖް ފެއަރ މި އަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ފެއަރގައި ޒުވާނުންނަށް ހުރި ތަފާތު ފުރުޞަތުތައް ދައްކުވައިދޭގޮތަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ސުރުޚީގައިވާ ޝިޢާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އަހަރުގެ ފެއަރގެ މަޤްޞަދަކީ ޒުވާނުންނަށްހުރި ވަޒީފާގެ ފުރުޞަތުތައް، ތަޢުލީމާއި ތަމްރީނު އަދި ވިޔަފާރި ކުރަމުންގެންދާ ޒުވާނުންގެ ވިޔަފާރިތައް އަދި ވިޔަފާރީގެ ބާޒާރަށް ތަޢާރަފުކުރަން ބޭނުންވާ އައު އުފެއްދުންތައް ޕްރޮމޯޓްކުރުމުވެ. މީގެއިތުރުން ވިޔަފާރިތަކުން އުފެދިފައިވާ ވަޒީފާތަައް އަދި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތުގެ ބާޒާރުގައި ހުރި އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް (ދަސްވާރު) ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު، ވިޔަފާރީގެ ދާއިރާގައި ބޭނުންވާ ތަޢުލީމާއި ތަމްރީނުތަކުގެ މަޢުލޫމާތުތައް ފޯރުކޮށްދީ އަދި އިޖުތިމާޢީ މަސައްކަތުގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، އެކުވެރި މާޙައުލަކުން ޒުވާނުންނަށް މަޢުލޫމާތުތައް ލިބޭނެގޮތް ފަހިކޮށްދިނުމެވެ.

މިފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 4، 5، 6 ގައެވެ. މިފެއަރގައި ބައިވެރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު މާފަންނު ޒުވާނުންގެ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭގެ 3 ވަނަ ފަންގިފިލާ) ކައުންޓަރުންނާއި ޒުވާނުންގެ މަރުކަޒު (މާފަންނު ސޯޝަލް ސެންޓަރ) ގެ ކައުންޓަރުންނެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިންވެސް ލިބެން ހުންނާނެއެވެ. ފޯމުތައް ބަލައިގަންނާނީ ޒުވާނުންގެ މަރުކަޒުގެ ކައުންޓަރު އަދި [email protected] މެއިލުންނެވެ. ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 18 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 13:00އެވެ.

ބައިވެރިވާން އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތަކަށް ބެލުމަށްފަހު، ފެއަރގެ މަޤްޞަދު ހާސިލު ކުރުމަށް އެހީތެރިވެދޭނެ ފަރާތްތަކަށް އިސްކަންދެވޭ އުސޫލުން ސްޓޯލްތައް ދޫކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 އަށް ގުޅުއްވުން އެދެމެވެ.

21 ރަމަޟާން 1437

26 ޖޫން 2016