ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2016/C-009
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް ޑިރެކްޓަރ – ހދ. ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކުރިއަށްގެންދާ ހދ. ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ މަސައްކަތްކުރިއަށް ގެންދިޔުމަށް އެހީވުމަށް ޕްރޮޖެކްޓް ޑިރެކްޓަރެއް ހޯދަން ބޭނުންވެއެވެ. ވީމާ، އެކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޕްރޮޖެކްޓް ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
- އިންޖިނިއަރިންގ ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. އަދި ގުޅޭ ދާއިރާއެއްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށްފައިވުން.
- މަދުވެގެން 5 އަހަރުދުވަހުގެ ހާބަރު ހެދުމުގެ ތަޖުރިބާ ލިބިފައިވުން.
- ބައިނަލްއަޤްވާމީ ޑޯނަރ ފަންޑަޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތުގެ މުސާރައިގެ ގޮތުގައި -/46،260 ދިވެހިރުފިޔާއިން ދެވޭނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތުގެ މުއްދަތަކީ 26 މަސްދުވަހެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ލޯނާއި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން މާރިޗު 2013ގައި ތައްޔާރުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349266 ، 3349106
ފެކްސް: 3320706 ، 3324432،
އީމެއިލް އެޑްރެސް: [email protected]