ދެންނެވުން
ނަންބަރު: (IUL) 202-A/1/2016/68
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި:
25 ޖުލައި 2016 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭގެ މަގުތަކުގައި އެކްސްކަވޭަޓަރު ފަދަ ދަގަނޑު ފުރޮޅު ނުވަތަ ދަނގަޑު ޗޭނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން މަގުތައް ހަލާކުވަމުންދާތީ އެފަދަ އުޅަނދުތަކުގައި ރަބަރު ފުރޮޅު ނުވަތަ ޝޫ ހަރުކުރުމަށް އެންގުން
އިޢުލާން
މާލޭގެ މަގުތަކުގައި އެކްސްކަވޭޓަރު ފަދަ ދަގަނޑު ފުރޮޅު ނުވަތަ ދަގަނޑު ޗޭނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން މަގުތައް ހަލާކުވަމުންދާތީ 25 ޖުލައި 2016 އިން ފެށިގެން މާލޭގެ މަގުތަކުގައި މި ދެންނެވިގޮތަށް ހުރި އެއްގަމު އުޅަނދު ދުއްވަންވާނީ ރަބަރު ފުރޮޅު ނުވަތަ ރަބަރު ޝޫ ހަރުކޮށްގެންނެވެ. މި ނޫންގޮތަކަށް މަގުމަތީގައި ދުއްވުމަކީ މަނާކަމެކެވެ.
ވީމާ، މި ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
17 ރަމަޟާން 1437
22 ޖޫން 2016