ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)417-CA/417/2016/50
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 10 ޖުލައި 2016 12:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ނަންބަރު:

228408

މަޤާމުގެ ރޭންކް:

އެސް. އެސް. 1  

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމް އޮތް އޮފީސް/އިދާރާ:

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް / ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ރަށް:

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ

 މުސާރަ:

މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. ކައުންސިލްގެ އިދާރާއާއި، ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި، ގޯތި ގުޅިފައިވާ މަގުގެ ½ ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި، ކައުންސިލް އިދާރާގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.

2. ކައުންސިލްގެ އިދާރާއަށް ބޭނުންވާ މީހުންނަށް ކިއުމާއި، އާންމުކޮށް ބަހައްޓަންޖެހޭ އިޢުލާންތައް ބެހެއްޓުމާއި، އެކިފަރާތްތަކަށް ފޮނުވާ ސިޓީ، ލިޔުންފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުމާއި، ރަށުގެ ގެތަކަށް ޒިޔާރަތްކޮށް ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

މަޤާމުގެ ޝަރުޠާއި އިންޓަވިއުއިން އެންމެ މަތީ ނަތީޖާ ހޯދާ ފަރާތް ބަލައިގެން.

އިންޓަވިއު  އޮންނާނެ ތަނާއި މުއްދަތު:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު  ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަތީގައި  ބަޔާންކުރެވިފައިވާ  މަޤާމަށް  އެދޭ  ފަރާތްތަކުން،  2016  ޖުލައި  10  ވާ  އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މި އިދާރާގެ ކައުންޓަރަށް އެޕްލިކޭޝަން ފޯމު ހުށަހެޅުން އެދެމެވެ. ނުވަތަ ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު [email protected] އަށް މެއިލް ކުރުން އެދެމެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިދާރާގެ www.gdhhc.gov.mv ގެ ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ، ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6840015 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 ރަމަޟާން 1437

26 ޖޫން 2016