މަސައްކަތް
ނަންބަރު: GS132/2016/31
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 03 ޖުލައި 2016 11:00
ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ކަރަންޓު ވިއުގައަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ކަރަންޓު ވިއުގައަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި ސްކޫލުގެ ކަރަންޓް ވިއުގައަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު GS132/2016/29 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާތީއާއި، އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބ. ކެންދޫ ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޖުލައި 03 ވާ އާދީއްތަ ދުވަހުގެ 11:00 އަށް

2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6600315 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

17 ރަމަޟާން 1437

22 ޖޫން 2016