މަސައްކަތް
ނަންބަރު: GS123/IUL/2016/25
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 03 ޖުލައި 2016 10:30
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ކަރަންޓް 3 ފޭހަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ ކަރަންޓް 3 ފޭހަށް ބަދަލުކުރުމާ ގުޅޭ:

މި ސްކޫލުގެ ކަރަންޓް 3 ފޭހަށް އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ސްކޫލުގެ ކަރަންޓް 3 ފޭހަށް ބަދަލުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޭ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ ފަދަ ލިޔުމަކާއި، ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

18 ރަމަޟާން 1437

23 ޖޫން 2016