މަސައްކަތް
ނަންބަރު: GS80/IUL/2016/15
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 05 ޖުލައި 2016 13:00
އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ފާހާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުން:

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިން ފާޚާނާގެ ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2016 ޖުލައި 5 ވާ އަންގާރަދުވަހުގެ 13:00 ގައި މި ސްކޫލުގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ޖުލައި 10 ވަނަ ދުވަހުގެ 13:00 ގައެވެ. ޖުލައި 5 ވަނަ ދުވަސް ފިޠުރުޢީދުގެ ބަންދަށް ވެއްޖެނަމަ، މަޢުލޫމާތުދިނުން އޮންނާނީ ޖުލައި 10 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން ބާއްވާނީ ޖުލައި 14 ވަނަ ދުވަހުގެ 13:30 ގައެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ސްކޫލުގެ 6500548 ނަންބަރު ފޯނަށެވެ.

18 ރަމަޟާން 1437

23 ޖޫން 2016