ދިވެހިރާއްޖެ
މަޤާމް :ރިލީފް ޓީޗަރ (ޕްރައިމަރީ) | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :1 | |||||||||||||
ވަޒީފާގެ ފުރުޞަތު މަޤާމު: ރިލީފް ޓީޗަރ (ޕްރައިމަރީ) ބޭނުންވާ އަދަދު: 1 (އެކެއް) ވަޒީފާ އޮތް އޮފީސް: މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް، މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން މުއްދަތު: 3 (ތިނެއް) މަސްދުވަސް ގިންތި: ވަގުތީ
އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. - މީގެ އިތުރުން، މަލްޓިމީޑިއާއަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ. ވަޒީފާގެ މަސްއޫލިއްޔަތު: - މާސްޓަރ ޓައިމްޓޭބަލުގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ހާޒިރުވެ، ކިޔަވައިދިނުން. - ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް އުނގަންނައިދީ، ކުދިންނަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް، ލީޑިންގ ޓީޗަރުންގެ މަޝްވަރާގެމަތިން ކުރުން. - ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ހަރަކާތްތައް ހިންގުން. - ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން. - މުޖުތަމަޢާއި ސްކޫލާ ދެމެދުގައި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން. - ސްކޫލުގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓީމު މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން. ހުށަހަޅަންޖެހޭ ތަކެތި: - ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި) - ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރެއްވި މުއްދަތާއި ރޭންކް އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ސާފު ފޮޓޯކޮޕީ. ސުންގަޑި: މިމަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 3 ޖުލައި 2016ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މަދަރުސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީނުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިންޓަރވިއު: - މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި، މަދަރުސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީނުގައެވެ. - ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މަދަރުސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީނުގެ 6860003 ނަންބަރު ފޯނަށް ނުވަތަ 6862068 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |